އެމެރިކާގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ”އެޕަލް ޑުއޯ“ ލޯންޗުކުރި ދުވަހާ އެއް ދުވަހެއްގައި، އެ އުފެއްދުން ދިވެހިރާއްޖޭގައި ވެސް ރަސްމީކޮށް ލޯންޗުކޮށް، އާންމުންނަށް ވިއްކަން ފަށައިފިއެވެ. މި އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ރާއްޖޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ވިޔަފާރި އެލް (އެލް ސްޓޫޑިއޯ) މެދުވެރިކޮށެވެ.
އެލް ސްޓޫޑިއޯއަކީ އެޕަލް ކުންފުނީގެ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ހުޅުވާފައިވާ ފުރަތަމަ ”އެޕަލް މޮނޯ ސްޓޯރ“ އެވެ. މީގެ އިތުރުން އެ ފިހާރައަކީ އެޕަލްގެ ރަސްމީ ހުއްދަ އޮންނަ އޮތޮރައިޒްޑް ރީސެލަރެއް ވެސް މެއެވެ.
އެމެރިކާގެ ބާޒާރަށް އެޕަލް ޑުއޯ ނެރުނު ދުވަހު ރާއްޖެއިން ވެސް މި އުފެއްދުން ލިބެން މިއަދު ފަށާފައިވާ އިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް އެއްވެސް ލަސްކަމެއް ނެތި ދިވެހި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއަދުން ފެށިގެން އެލް ސްޓޫޑިއޯ މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕަލް ޑުއޯ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެޕަލްގެ ރަސްމީ އޮތޮރައިޒްޑް ރީސެލަރެއްގެ ހައިސިއްޔަތުން އެލް އިން ވިއްކާ އެޕަލްގެ އުފެއްދުންތަކަށް ރަސްމީ ވޮރަންޓީ ލިބިގެންދާނެއެވެ. އަދި އެޕަލް މޮނޯ ސްޓޯރެއްގެ ގޮތުގައި ހިންގާ އެލް ސްޓޫޑިއޯއިން އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތަޖުރިބާ ސީދާ ކަސްޓަމަރުންނަށް ފިހާރައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.














