Saturday, 24 October 2026
Ads by

މިއީ ދެ ޤައުމުގެ ގުޅުމުގައި ތާރީޚީ އަދި އައު ބާބެއް ފެށިގެންދިޔަ ދަތުރެއް: ރައީސް

މިއީ ދެ ޤައުމުގެ ގުޅުމުގައި ތާރީޚީ އަދި އައު ބާބެއް ފެށިގެންދިޔަ ދަތުރެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅާއި ގުޅޭގޮތުން އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދެ ޤައުމުގެ ގުޅުމުގައި ތާރީޚީ އަދި އައު ބާބެއް ފެށިގެންދިޔަ ދަތުރުފުޅެއް ކަމަށެވެ.

Ad Image
Ads by

ރައީސްގެ ޕޯސްޓުގައި، އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދަށް ޕާކިސްތާނުން ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އަށާއި، ބޮޑުވަޒީރު ޝެހެބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ އަޚުވަންތަ ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، އިޤްތިޞާދީ ފުރުޞަތުތަކާއި ދެ ޤައުމުގެ ރައްޔިތުންނަށް ޙަޤީޤީ މަންފާ ލިބޭނެ ފަދަ ބަދަހި ގުޅުމަކަށް މި ގުޅުން ބަދަލުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެގޮތުން، މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ މި އައު ބާބުގެ އެންމެ މުހިންމު އެއް އަމާޒުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމަކީ މި އަމާޒަށް ވާސިލުވުމަށްޓަކައި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެކި ދާއިރާތަކުން ޢަމަލީ ގޮތުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ހަ އަހަރުވީ (60 އަހަރުގެ) ގާތް އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ދެ ޤައުމުގެ މުސްތަޤުބަލާ މެދު އޮތް އިތުބާރާއި އުންމީދު އައުވެގެންވާ ޙާލުގައި ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ