Saturday, 24 October 2026
Ads by

ވިލިމާލޭގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތަށް ސައިޓް ތައްޔާރުކުރަން ފަށައިފި؛ ޚިދުމަތްތައް ”އަމާން ހިޔާ“ އަށް

ވިލިމާލޭގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތަށް ސައިޓް ތައްޔާރުކުރަން ފަށައިފި؛ ޚިދުމަތްތައް ”އަމާން ހިޔާ“ އަށް

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް ތައްޔާރުކުރުމުގެ ގޮތުން، މިހާރު ހުރި ހޮސްޕިޓަލުން ދެމުންދިޔަ ޞިއްޙީ ޚިދުމަތްތައް އެ އަވަށުގައި ހުންނަ ”އަމާން ހިޔާ“ އިމާރާތަށް މިއަދު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު މިހާރު ހުރި އިމާރާތް ހުސްކޮށް، އައު ހޮސްޕިޓަލް އެޅުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad Image
Ads by

ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރި ”އަމާން ހިޔާ“ އިމާރާތަކީ ކުރީގެ ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތަށްވާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ޚިދުމަތްތައް ބަދަލުކުރުމުގެ ކުރިން އެ ތަނަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނެސް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ވަގުތީ އިމާރާތަށް ޚިދުމަތްތައް ބަދަލުވި ނަމަވެސް، ކުރިން ވިލިމާލޭ ހޮސްޕިޓަލުން ރައްޔިތުންނަށް ލިބެމުންދިޔަ އެއްވެސް ޚިދުމަތަކަށް މެދުކެނޑުމެއް ނާންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

”ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ ގެ ނަމުގައި ތަރައްޤީކުރާ މި ޒަމާނީ ހޮސްޕިޓަލުގައި އޯޕީޑީއާއި ކުއްލި ފަރުވާގެ ޚިދުމަތުގެ އިތުރުން، ބަލިތައް ދެނެގަތުމަށް ޚާއްޞަ ބައިތަކާއި، އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑުތައް ހިމެނޭނެއެވެ. މީގެއިތުރުން އިސްރަށްވެހިންނާއި ދިގު މުއްދަތަކަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްޞަ ސެންޓަރެއްވެސް މި ހޮސްޕިޓަލުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަނީ ތިލަމާލެ ބްރިޖާއެކު ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި މީހުން އާބާދުވާން ފެށުމުން އެ ސަރަޙައްދަށް ބޭނުންވާނެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޤްޞަދުގައެވެ. މިހާރު ހުރި ވިލިމާލޭ ހޮސްޕިޓަލުގެ ޖާގަ ކުޑަވުމުގެ ސަބަބުން އިތުރަށް ތަރައްޤީކުރެވެން ނެތުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އައު ހޮސްޕިޓަލް އިމާރާތްކުރުމާއި ވަސީލަތްތައް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުންނެވެ.

މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަސައްކަތް ހަވާލުކުރާނެ ކޮންޓްރެކްޓަރަކު ކަނޑައަޅައި، އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި