Saturday, 24 October 2026
Ads by

ސޫރިޔާގެ ދަރްޢާގައި އިޒްރޭލު ސިފައިން ނުކުޅެދުންތެރިކަން ހުންނަ މީހަކު ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ސޫރިޔާގެ ދަރްޢާގައި އިޒްރޭލު ސިފައިން ނުކުޅެދުންތެރިކަން ހުންނަ މީހަކު ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އޮކްޓޯބަރު 6 ގައި، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ގޮލަން އުސްބިމުގެ ފަރުބަދައެއްގެމަތީގައި އޮތް، ހަލާކުވެފައިވާ އިޒާރޭލުގެ ޓޭންކެއްގެ ބައިތަކެއްގެ މަތީގައި ހަރުކޮށްފައިވާ އިޒްރޭލު ދިދައެއް ވިހުރޭއިރު، ސޫރިޔާގެ ޤުނައިޠިރާ އަވަށް ފެނޭ. [އޭ.އެފް.ޕީ]

ސޫރިޔާގެ ދެކުނު-ހުޅަނގުގައިވާ ދަރްޢާ ޕްރޮވިންސްގެ ޖަމްލާ އަވަށަށް އިޒްރޭލު ސިފައިން ވަދެގަނެ، ގޭގެއަށް ވަދެ ހިންގި އޮޕަރޭޝަނެއްގައި ނުކުޅެދުންތެރިކަން ހުންނަ ސޫރިޔާގެ އާންމު ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

Ad Image
Ads by

ސޫރިޔާގެ ދައުލަތުގެ ނިއުސް އޭޖެންސީ (ސާނާ) އިން ރިޕޯޓުކުރި ގޮތުގައި، ޖަމްލާ އަވަށުގެ ގޭގެއަށް ވަދެ އިސްރާއީލު ސިފައިން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް އަމާޒުކޮށް ސީދާ ބަޑިޖަހައި އޭނާ ވަނީ ޝަހީދުކޮށްލާފައެވެ. މިއީ އިޒްރޭލު ސިފައިން އިސްތިއުމާރުކޮށްފައިވާ ސޫރިޔާގެ ހިސާބުގެ އެތެރެއަށް ވަދެގަނެ ފެށި ނިރުބަވެރި އޮޕަރޭޝަނުގައި އާންމު ރައްޔިތަކު މަރުވި ފުރަތަމަ ޙާދިސާއެވެ.

އިއްޔެ އިޒްރޭލު ސިފައިން ވަނީ ޖަމްލާ އަވަށަށް ވަދެ، އާންމުންގެ ގޭގޭގެ ފުރާޅުތައްމަތީގައި ސުނައިޕަރުން އަތުރައި، އަވަށުގެ ތެރެއަށް ވަކި އަމާޒެއްނެތި ބަޑިޖަހާފައެވެ. އޭގެފަހުން މިއަދު ސިފައިން ވަނީ ގޭގޭގެ ދޮރުތައް ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، އާންމުންނަށް ބިރުދައްކައި އޮޕަރޭޝަންތައް ފުޅާކޮށްފައެވެ.

ގޯލާންގެ އިންފަހަނައެޅުމަށްފަހު ސޫރިޔާގެ ދިރުޢާ ޕްރޮވިންސްގެ އެތެރެއަށް އިސްރާއީލުން ވަދެގަނެ ހިންގަމުންދާ މި އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން، ސޫރިޔާގެ ބޯޑަރު ސަރަޙައްދުގައި ތިބި އާންމު ރައްޔިތުންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ