ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ދައުލަތުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއް (އެމްއޯޔޫ) ބަދަލުކޮށްފިއެވެ.
މި ފަހުމުނާމާ ބަދަލުކުރެއްވީ ޕާކިސްތާނުގެ ފެޑަރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އެއްބާރުލުން ދިނުމަށްޓަކައި ރަސްމީ އޮނިގަނޑެއް ޤާއިމުކުރުމެވެ.
During the State Visit of President Dr Mohamed Muizzu to Pakistan today, the Governments of the Maldives and Pakistan exchanged a Memorandum of Understanding (MoU) on Fisheries Cooperation.
The MoU was exchanged between His Excellency Muhammad Junaid Anwar, Federal Minister for… pic.twitter.com/IdkN1Co5Bu
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 21, 2026
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދަވާ ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ފަންނީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ.













