Saturday, 24 October 2026
Ads by

މެދުއިރުމަތި ބައިކުރި ސައިކްސް-ޕިކޯ އެއްބަސްވުމުގެ މަޤްޞަދަކީ ސުލްޙައެއް ނޫން: ޓޮމް ބަރަކް

މެދުއިރުމަތި ބައިކުރި ސައިކްސް-ޕިކޯ އެއްބަސްވުމުގެ މަޤްޞަދަކީ ސުލްޙައެއް ނޫން: ޓޮމް ބަރަކް

ތުރުކީވިލާތުގައި ހުންނަ އެމެރިކާގެ ސަފީރު ޓޮމް ބެރެކް އަދި ސައިކްސް-ޕިކޯ އެއްބަސްވުމުގައި ޚިޔާލީ ބޯޑަރުތަކެއްގެ މައްޗަށް މެދުއިރުމަތި ބައިކޮށްލި ބައިކޮށްލުން ދައްކުވައިދޭ މެޕެއް. (ފޮޓޯ ކޮލާޖު)

ތުރުކީވިލާތުގައި ހުންނަ އެމެރިކާގެ ސަފީރު ޓޮމް ބެރެކް، 1916 ވަނަ އަހަރުގެ ’ސައިކްސް-ޕިކޯ‘ އެއްބަސްވުމަށް ފާޑުކިޔާ ދެއްކި ވާހަކައާއެކު، މެދުއިރުމަތީގައި އިނގިރޭސިންނާއި ފަރަންސޭސިން ކުރަހާފައިވާ އިސްތިއުމާރީ ބޯޑަރުތަކުގެ މައްސަލައާއި އެކަމުގެ ނޭދެވޭ އަސަރުތަކުގެ ބަޙުޘް އަނެއްކާވެސް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

Ad Image
Ads by

ޓޮމް ބަރަކް ބުނީ ހުޅަނގުގެ ބާރުތަކުން ޤާއިމުކުރީ، ’އެފަދަ ވަކި އިންތަކަކަށް ތަބާވެފައިނުވާ‘ ޤަބީލާތަކާއި ދީނީ އާބާދީތަކުގެ މައްޗަށް ބިނާކޮށްފައިވާ ޚިޔާލީ ބޯޑަރުތަކެއް ކަމަށެވެ. އަދި ސައިކްސް-ޕިކޯއަކީ ޞުލްޙައަށްޓަކައި ކުރި ކަމެއް ނޫން ކަމަށާއި، އެއީ އިސްތިއުމާރީ މަންފާތަކެއް ހާޞިލުކުރުމަށްޓަކައި ހުޅަނގު އޭޝިޔާ ބައިބައިކުރުމަށް ހިންގި ޢަމަލެއް ކަމަށް ވެސް އޭނާ ބުންޏެވެ .

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އިސްލާމީ އުއްމަތް ބައިބައިކޮށް، އަމިއްލަ މަޞްލަޙަތު އިސްކުރާ ވަކި ޤައުމުތަކަކަށް (ނޭޝަން-ސްޓޭޓްސް) ބަދަލުކޮށްލުމަކީ ހުޅަނގުން މެދުއިރުމަތި ކޮންޓްރޯލްކުރުމަށް ކުޅުނު އެންމެ ކާމިޔާބު އެއް ސްޓްރެޓެޖީއެވެ.

އިސްތިއުމާރީ ރޭވުން (ސައިކްސް-ޕިކޯގެ ތަރިކަ)

1916 ވަނަ އަހަރު އިނގިރޭސިވިލާތުގެ މާކް ސައިކްސް އާއި ފަރަންސޭސިވިލާތުގެ ފްރާންސުވާ ޖޯޖް-ޕިކޯ އާ ދެމެދު ވެވުނު ސިއްރު އެއްބަސްވުމަކީ، އުސްމާނީ ޚިލާފަތް ރޫޅާލުމަށްފަހު މެދުއިރުމަތީގެ ބިންތައް އެމީހުންގެ މެދުގައި ބަހާލުމަށް ހެދި އެއްބަސްވުމެކެވެ.

މީގެ މައިގަނޑު ބޭނުމަކީ، މުސްލިމުން އެކުވެގެން ސިޔާސީގޮތުން މުސްތަޤިއްލު، އަސްކަރީ ގޮތުން ފުދުންތެރި، ދުނިޔޭގެ ހަކަތައިގެ ވަސީލަތްތަކާއި އަދި މުހިންމު ކަނޑުއޮޅިތައް ކޮންޓްރޯލްކުރާނެ ވަރުގަދަ އިސްލާމީ ބާރެއް އުފެދުމަށް ހުރަސްއެޅުމެވެ. އެހެންކަމުން، ޤަބީލާތަކާއި ދީނީ އިޖުތިމާޢީ ގުޅުންތަކަށް ބެލުމެއްނެތި، ރޮނގުދަމާލައިގެން މުޅިން އައު ބޯޑަރުތަކެއް ވަނީ ކުރަހާފައެވެ.

ޤައުމިއްޔަތުގެ ނުރައްކަލާއި އުއްމަތުގެ އެއްބައިވަންތަކަން ގެއްލުން

އިސްތިއުމާރީ ބާރުތަކުން ބިންތައް ބަހާލުމުގެ ކުރިން، އެ ސަރަޙައްދު އޮތީ އިސްލާމީ އެއް އުއްމަތެއްގެ ގޮތުގައެވެ. ނަމަވެސް ހުޅަނގުން ތަޢާރަފުކުރި ’ޤައުމިއްޔަތު‘ (ނޭޝަނަލިޒަމް) ގެ ސަބަބުން، މުސްލިމް ޤައުމުތަކުގެ މެދުގައި ވަނީ ބައިބައިވުން އުފެދިފައެވެ.

ކޮންމެ ޤައުމަކަށް ވަކި ދިދައަކާއި، ބޯޑަރަކާއި، ޤައުމީ އައިޑެންޓިޓީއެއް ދީ، އަވަށްޓެރި މުސްލިމް ޤައުމުތަކާ ވާދަވެރިކޮށް، އަމިއްލަ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސަގާފަތެއް ވަނީ އަށަގަންނުވާފައެވެ.

އިސްތިރާތިޖީ ނުކުޅެދުންތެރިކަން: ޣައްޒާގެ ޙާލަތު

މި ބައިބައިވުމުގެ އެންމެ ހިތާމަވެރި މަންޒަރު މިއަދު ފެންނަމުންދަނީ ޣައްޒާގެ ޤަތުލުޢާންމުންނެވެ. ފަލަސްޠީނުގެ ވަށައިގެން ބޮޑެތި އަސްކަރިއްޔާތަކާއި ޒަމާނީ ހަތިޔާރުތައް ހުރި މުސްލިމް ޤައުމުތައް އޮތް ނަމަވެސް، އެމީހުން ވަނީ ޢަމަލީ ފިޔަވަޅެއް އެޅުމަށް ނުކުޅެދިފައެވެ.

އިސްތިއުމާރީ ބޯޑަރުތަކާއި ހުޅަނގާ ގުޅިފައިވާ ސަލާމަތީ އެއްބަސްވުންތަކުގެ ސަބަބުން، މުސްލިމް ލީޑަރުންނަށް މަޖުބޫރުވެފައިވަނީ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި ޤައުމީ މަޞްލަޙަތު އިސްކުރުމަށެވެ. އަވަށްޓެރި މުސްލިމް އަޚުން ނެތިދާއިރުވެސް ގުޅިފައިވާ އަސްކަރީ ފިޔަވަޅެއް ނޭޅެނީ މި ނިޒާމީ ބައިބައިވުމުގެ ސަބަބުންނެވެ.

އިޤްތިޞާދީ ފޭރުމާއި ބޭރުގެ ނުފޫޒު

އެއްބައިވަންތަ ބޮޑު ސަރަޙައްދެއް ކުދިކުދި ޤައުމުތަކަކަށް ބަހާލުމުން، ހުޅަނގުގެ ބާރުތަކަށް އެ ޤައުމުތަކުގެ ތެލާއި ގޭސް އަދި ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ނެގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔައެވެ.

މި ނިޒާމީ ބައިބައިވުމުގެ ސަބަބުން އިޒްރޭކު ފަދަ ބޭރުގެ ބާރުތަކަށް އެ ސަރަޙައްދުގައި އަސްކަރީ އަދި ސިޔާސީ ނުފޫޒު ހިންގުމަށް ފަސޭހަވެއެވެ. ސަބަބަކީ، ވަކިވަކި ޤައުމުތަކަށް ބެހިފައިވުމުން، އިސްރާއީލާ ދެކޮޅަށް މުސްލިމުންގެ ގުޅިފައިވާ އިޤްތިޞާދީ ނުވަތަ އަސްކަރީ ބްލޮކެއް އުފެއްދުމަށް އެ ޤައުމުތަކުގެ ބޯޑަރުތަކާއި ޤައުމީ ވިސްނުންތައް ހުރަސްއަޅާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ