އެމްޑީޕީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވައި ކެމްޕޭނަށް ކުޑޫ ނުކުންނަވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލަށް ތާއީދުކުރައްވައި، އޭނާގެ ކެމްޕޭން ހަރަކާތްތަކުގައި މަސައްކަތް ކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ނުކުންނެވިކަން އޭނާވަނީ ރަސްމީކޮށް އިއުލާންކުރައްވައިފައެވެ.
ކުޑޫ ވިދާޅުވީ ފައްޔާޒުގެ ކެމްޕޭނުގައި މަސައްކަތްކޮށްދެއްވަން ނުކުމެވަޑައިގެންނެވީ ވަރަށް ބޮޑެތި އުންމީދުތަކާއެކުގައި ކަމަށެވެ. އަދި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ނުވަތަ އެހީތެރިކަމެއް މި ކެމްޕޭނަށް ދެއްވުމަކީ އަމާޒެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުޑޫ ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ހެޔޮ އަދި އެދެވޭ ބަދަލުތަކެއް ގެނެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ.












