Sunday, 25 October 2026
Ads by

ދީނަށް ފުރައްސާރަކުރާ ބޫގާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖަޕާނު ސަރުކާރާއި ކަމާބެހޭ އިދާރާތަކާއެކު މިދަނީ މަސައްކަތް ކުރަމުން: ޕޮލިސް

ދީނަށް ފުރައްސާރަކުރާ ބޫގާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖަޕާނު ސަރުކާރާއި ކަމާބެހޭ އިދާރާތަކާއެކު މިދަނީ މަސައްކަތް ކުރަމުން: ޕޮލިސް

މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވީޑިއޯތައް އާންމުކުރަމުންދާ ”ބޫގާ“ އަށް ގާނޫނީގޮތުންނާއި އިދާރީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ޕޮލިސް މީޑިއާ ކޯޑިނޭޓަރ ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އެކި.އެމްވީ“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އަޙްމަދު ޝިޔާމް ވިދާޅުވީ ދީނަށް ފުރައްސާރަކުރާ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށްޓަކައި އެކި ފަރުދުންގެ ފެންވަރުގައާއި ސަރުކާރުތަކުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެފަރާތަކީ ޖަޕާނުގައި ދިރިއުޅޭ މީހެއް ކަމަށް ބެލެވޭތީ، ޖަޕާން ސަރުކާރާ ގުޅިގެންނާއި ސިޔާސީ ފެންވަރުގައި އެޅެންހުރި ފިޔަވަޅުތައް ބަލައި، އެކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓިކްޓޮކް ފަދަ ވަސީލަތްތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ، ސީދާ ކޮންޓްރޯލް ކުރަން ދަތި މާހައުލަކަށްވީ ނަމަވެސް، ރަސްމީކޮށް ހުށަހަޅަންޖެހޭ މައްސަލަތައް އެފަރާތްތަކަށް ހުށަހަޅައިގެން ކުރިންވެސް ބައެއް އެކައުންޓްތައް ބޭންކުރެވިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހިންގުމުގައި ބޫގާގެ ނަމުން ސޯޝަލް މީޑިއާގައި ފާހަގަވެފައިވާ މި މީހާއަކީ މީގެ އެތައް އަހަރެއް ކުރިންވެސް މިފަދަ ކަންކަން ކުރަމުން އަންނަ މީހެކެވެ. މީގެ ކުރިންވެސް އެކި މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ދީނަށާއި ގައުމީ އިޖުތިމާއީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ނުހިތައި ވީޑިއޯތައް އާންމުކޮށްފައިވާއިރު، އެފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނީގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި