Saturday, 24 October 2026
Ads by

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރެއް ޤާއިމުކުރެވޭނެ: ރާފިޢު

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރެއް ޤާއިމުކުރެވޭނެ: ރާފިޢު

މިރޭ ކުރިއަށްދިޔަ 'އަހާ' ފޯރަމްގެ ތެރެއިން.. ފޮޓޯ| ރައީސް އޮފީސް

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ޕަބްލިކް ފޯރަމްތަކުގެ ތެރެއިން މިރޭ ކުރިއަށްދިޔަ 10 ވަނަ ”އަހާ“ ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ގިނަ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނިމިފައިވާ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އިޢުލާނު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ވަގުތުވެސް 119 ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދެން ބާކީ ހުރި މަދު ސެންޓަރުތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ ހުރިހާ ތަނެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް މިއަންނަ އަހަރުގެ ފަހުކޮޅުގައި ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިޔުން،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެ ސެންޓަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެތަންތަން ރަނގަޅު ފެންވަރެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، ދައުރުވާ ބަޖެޓެއްގެ ތެރެއިން މަރާމާތު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތައް ރޭވިފައިވަނީ އަވަސްއަވަހަށް ތަންތަން ބަދަލުކުރަން ނުޖެހޭނެ ފަދަ ދުރުރާސްތާ ހަރުދަނާ ޕްލޭނަކާ އެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ރަށްރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ