Saturday, 24 October 2026
Ads by

މާލެ ސަރަހައްދުގައި ގާއިމުކުރާ އިންޑޯ ކޮމްޕްލެކްސްތަކުން ހޭންޑްބޯޅައަށް ދާއިމީ ހައްލެއް ލިބޭނެ: ވަޒީރު ރާފިޢު

މާލެ ސަރަހައްދުގައި ގާއިމުކުރާ އިންޑޯ ކޮމްޕްލެކްސްތަކުން ހޭންޑްބޯޅައަށް ދާއިމީ ހައްލެއް ލިބޭނެ: ވަޒީރު ރާފިޢު

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ---- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ތަރައްގީކުރާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން، ވިއްސާރަވުމުގެ ސަބަބުން މުބާރާތްތައް މެދުކެނޑި ހޭންޑްބޯޅަ ކުޅުންތެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގައި އާންމުންގެ ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވި އެތުލީޓްސް ފޯރަމްގައި ހޭންޑްބޯޅަ އާއިލާއިން އެންމެ ބޮޑަށް ހުށަހެޅި ކަންބޮޑުވުމަކީ މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތްތައް ފަސްކުރަންޖެހި، ރަށްރަށުން އަންނަ ޓީމުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުން ކަމަށެވެ. އެހެންކަމުން ހޭންޑްބޯޅަ ކޯޓުތައް އިންޑޯ ފެސިލިޓީތަކަށް ބަދަލުކޮށް، މޫސުމަށް ބެލުމެއްނެތި މުބާރާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ.

ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަށީގެންވާ އިންޑޯ ކުޅިވަރު ވަސީލަތެއް ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެކުލަވާލި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގެ ދަށުން މި މައްސަލައަށް މިހާރު އަމަލީ ހައްލުތަކެއް ހޯދެމުންދާ ކަމަށެވެ.

މިގޮތުން ހުޅުމާލޭ ފޭސް ދޭއްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފެށޭނެ ކަމަށާއި، އޭގެ ފަހުން ފޭސް އެކެއްގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން ވިލިމާލޭގައިވެސް އިންޑޯ ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށްޓަކައި އެމްބަސީއަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކުރެވޭ މި ތަންތަނުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ރީޖަނަލް ގޭމްސްއެއް ބޭއްވުމަށް ބޭނުންވާ ފެންވަރުގެ ފެސިލިޓީތައް ތައްޔާރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭގައި މިހާރު އަޅަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ އޮނިގަނޑުގެ މަސައްކަތް ނިމެން ކައިރިވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާ ގުޅިގެން އެތަނުގެ ސާފޭސް ޕޭމަންޓް ހަދައި ނިމިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް އެ ކޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ