އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނަށް 1 ނޮވެންބަރު އިން ފެށިގެން ހިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.
މި ފިޔަވަޅު އެޅުމުގެ ސަބަބަކީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައުވެއެވެ.
އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ހިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ނިންމުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ނިންމުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެކަމަށް ވެސް އެ ބޭންކުން ހާމަކުރިއެވެ.













