Sunday, 18 October 2026
Ads by

ކޮލްކަތާގެ ޕެންޑަލްއެއްގައި ފިތިބާރުވެ ހިނގި ހާދިސާގައި 18 މީހުން މަރުވެއްޖެ

ކޮލްކަތާގެ ޕެންޑަލްއެއްގައި ފިތިބާރުވެ ހިނގި ހާދިސާގައި 18 މީހުން މަރުވެއްޖެ

(ވާއަތުން ކަނާތަށް) ހޫގްލީގެ ބައިދިއަބަތީއަށް ނިސްބަތްވާ، ނިޔާވި ސްރީޕަރްނާ ޕޮޑާގެ އާއިލާގެ މެންބަރުންނާއި، އަނިޔާވި ސަޔަންތިކާ ގޯޝް ކަލްކަތާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން ނުކުންނަނީ... [އެކްސްޕްރެސް ފޮޓޯ, ޕާތާ ޕޯލް]

އިންޑިއާގެ ހުޅަނގު ބެންގާލްގެ ވެރިރަށް ކޮލްކަތާގައި ފާހަގަކުރަމުންދިޔަ ދުރްގާ ޕޫޖާ ފެސްޓިވަލްގެ ތެރެއިން، މަޝްހޫރު ޕެންޑަލް (ފެސްޓިވަލް ފޭލިގެ) އެއްގައި މީހުން ފިތިބާރުވެ ފައިދަށުވެ ހިނގި ނުރައްކާތެރި ހާދިސާއެއްގައި 18 މީހުން މަރުވެ، މަދުވެގެން 25 މީހުން ޒަޚަމްވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 7:00 އާއި 8:00 އާ ދެމެދު، ކޮލްކަތާގެ މަޝްހޫރު ”ޗޯރްބަގާން ޕޫޖާ ޕެންޑަލް“ ގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ވަގުތު ބޯކޮށް ވާރޭ ވެހެން ފެށުމުން މީހުން އެތެރެއަށް ވަންނަން އަވަސްވެގަތުމާއި، ލައުޑްސްޕީކަރުން ދިން އިއުލާނަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމެއްގެ ސަބަބުންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ މީހުން ކޮންޓްރޯލް ނުވެއްޖެނަމަ ޕެންޑަލް ވެއްޓިދާނެ ކަމަށެވެ. މިއާއެކު މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، އެއްފަހަރާ ބޭރަށް ނިކުންނަން އުޅުމުގެ ތެރޭގައި އެކަކު އަނެކަކު ފައިދަށުވީއެވެ.

އެ ސަރަހައްދަކީ އެއްފަހަރާ ތިނެއް ނުވަތަ ހަތަރު މީހުންނަށް ކިރިޔާ ހިނގޭ ވަރުގެ ހަނި ގޯޅިތަކެއް ހިމެނޭ ސަރަހައްދެކެވެ. މީގެއިތުރުން ބޮޑު އެއްވުން ކޮންޓްރޯލް ކުރުމަށް ތިބީ ތަޖުރިބާއެއް ނެތް މަދު ޒުވާނުންކޮޅެއް ކަމަށާއި، ކުއްލި ހާލަތަކަށް އެމްބިއުލާންސެއް ވެސް ތައްޔާރުކޮށްފައި ނެތް ކަމަށް އެ ސަރަހައްދުގެ އާންމުން ވަނީ ބުނެފައެވެ.

ހާދިސާގައި އަނިޔާވި މީހުންނާއި މަރުވި މީހުން ވަގުތުން ވަނީ ކައިރީގައި ހުރި ކަލްކަތާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 26 އަހަރުގެ ނަރުހެއް ކަމަށްވާ ސްރީޕަރްނާ ޕޮއްދާރާއި، 42 އަހަރުގެ ކަލްޕަނާ ޔާދަވް ހިމެނެއެވެ. ޝިކާރައަކަށް ވި މީހުންގެ އާއިލާތަކުން ދަނީ އިންތިޒާމުތައް ދޯހަޅިވުމުން އިންތިޒާމުކުރި ފަރާތްތަކަށާއި ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށްފަހު، ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވިދާޅުވީ އިވެންޓް އިންތިޒާމުކުރި ފަރާތްތަކާއި، ސަލާމަތީ ކަންކަމަށް ނެގި ޕްރައިވެޓް ގާޑުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ މި ހާދިސާއާ ގުޅިގެން ޕްރޮގްރާމްތައް ކެންސަލް ކުރައްވައި، އަނިޔާވި މީހުންނަށް ޒިޔާރަތް ކުރައްވަން ނިންމަވާފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޕެނަލެއް އެކުލަވާލާފައިވާއިރު، ފޮރެންސިކް އަދި އަލިފާން ނިއްވާ ފަރާތްތަކުން ސީސީޓީވީ ފުޓޭޖް ބޭނުންކޮށްގެން ހަގީގަތް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2 ލައްކަ ރުޕީސް އަދި ޒަޚަމްވި މީހުންނަށް 50،000 ރުޕީސްގެ އެހީއެއް ދިނުމަށް ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ. ކުރީގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރެއްވި އިރު، އިދިކޮޅު ޕާޓީން ވަނީ ފުލުހުންނާއި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261018_110524
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފްރާންސްގައި 500،000 އަށްވުރެ ގިނަ މީހުން މުޒާހަރާއަށް ނުކުމެއްޖެ
IMG_9372
މަސްތުވާތަކެތީގެ މައްސަލައެއްގައި 9 މީހުން ހައްޔަރުކޮށްފި
WhatsApp Image 2026-10-18 at 12.22
35 ގަޑިއިރަށްފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލިކަން ރަސްމީކޮށް ސައީދު އިއުލާންކޮށްފި
Yazmeedh
ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކުރުމަކީ އެންމެ ބޮޑު އަމާޒު: ސީއީއޯ ޔަޒްމީދު
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި