Saturday, 24 October 2026
Ads by

އިސްރާއީލަކީ އިސްތިއުމާރީ ބައެއް ނޫން، އަސްލު މިލްކުވެރިންނަކީ އެއީ: ނަތަންޔާހޫ

އިސްރާއީލަކީ އިސްތިއުމާރީ ބައެއް ނޫން، އަސްލު މިލްކުވެރިންނަކީ އެއީ: ނަތަންޔާހޫ

ހަރުކަށި ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ----

އިސްރާއީލަކީ އިސްތިއުމާރީ ދައުލަތެއް ނުވަތަ އިސްތިއުމާރީ ހަރަކާތެއް ކަމަށް ކުރެވޭ ތުހުމަތުތައް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދޮގުކޮށްފިއެވެ. އަދި އެ ސަރަހައްދުގެ އަސްލު މިލްކުވެރިންނަކީ ޔަހޫދީން ކަމަށް ބުނެ އެކަން ދިފާއުކޮށް ވާހަކަދައްކައިފިއެވެ.

Ad Image
Ads by

ނަތަންޔާހޫ ވަނީ ޣައްޒާ، ލުބުނާން އަދި ސޫރިޔާގެ ސަރަހައްދުތަކުގެ މައްޗަށް ތާރީޚީ އަދި ކަނޑައެޅިގެން ކަލާނގެ ދެއްވާފައިވާ މިލްކުވެރިކަމެއް އިސްރާއީލަށް އޮތް ކަމަށް ބުނެފައެވެ.

މި ދައުވާތަކަކީ ޔަހޫދީންގެ ގަދީމީ ދީނީ ފޮތްތަކުގައި ބަޔާންކޮށްފައިވާ ”ބޮޑު އިސްރާއީލު“ ނުވަތަ ”ގްރޭޓާ އިސްރާއީލު“ ގާއިމުކުރުމުގެ މަޝްރޫއާ ގުޅިފައިވާ ކަންކަމެވެ. އެ ދީނީ ފޮތްތަކުގައިވާ ގޮތުން ކަލާނގެ ވަނީ ނީލް ކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށްވާ އެންމެހައި ބިންތައް ޔަހޫދީންނަށް ދެއްވާނެ ކަމަށް ވަޢުދުވެފައެވެ.

އާންމުކޮށް ތާރީޚުގައި ފެންނަންރި އިސްތިއުމާރީ ހަރަކާތްތަކާއި އިސްރާއީލުން މިހާރު ހިންގާ އަމަލުތަކާ ދެމެދު ބޮޑު ތަފާތެއް ހުރިކަން ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ސަގާފީ ނުވަތަ އާދައިގެ އިސްތިއުމާރީ ބާރުތަކުން މަސައްކަތްކުރަނީ ސަރަހައްދުތަކުގެ ތަބީއީ މުއްސަނދިކަން އަތުލައި، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތިކޮށްގެން ބޭނުން ހިފުމަށެވެ.

ނަމަވެސް އިސްރާއީލުން މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ އަމާޒަކީ އެއާ މުޅިން ތަފާތު ކަމެކެވެ. އެއީ އެ ބިމުގައި ތިބި އަސްލު ރައްޔިތުންނާއި އެމީހުންގެ ނިޝާންތައް އެކީއެކަށް ފޮހެލުމަށް (ޓޯޓަލް އިރޭޝާ) އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.

އިސްރާއީލުން ޣައްޒާއަށާއި ލުބުނާނަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާއި، ސޫރިޔާގެ ސަރަހައްދުތަކަށް އަތްގަދަކުރުމުގެ އަމަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އިސްރާއީލަކީ އިސްތިއުމާރީ ބާރެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުގެ ވެރިން ދަނީ މި ތުހުމަތުތައް ދޮގުކޮށް، އެމީހުންގެ އަމަލުތައް ދިފާއުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި