Saturday, 17 October 2026
Ads by

ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި

ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި

މާލޭގެ މަގުމަތި ބެލެހެއްޓުމުގެ ތެރެއިން ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވުމާއި، ނަންބަރު ބޯޑު ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ފައިވް 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

ފުލުހުން ކުރިއަށްގެންދިޔަ ސިލްސިލާ ޕެޓްރޯލްތަކުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ.

މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ ހާދިސާ ހިނގާފައިވަނީ ފަތިހު 3:55 ހާއިރު ކާނޭޝަން މަގުގެ ގޯޅިއެއްގެ ތެރޭގައެވެ. އެ ސަރަހައްދުގައި ޝައްކުކުރެވޭ ގޮތަކަށް އުޅެނިކޮށް ފުލުހުންގެ ސަމާލުކަމަށް އައުމުން ހުއްޓުވައި ސުވާލުކޮށްފައިވަނީ 45 އަހަރުގެ ދެ މީހަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުން ވަނީ އެ ގޯޅި ތެރޭގައި އޮތް ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓާލުމަށްފަހު އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން އެ އުޅަނދު ވަގަށް ނަގަން މަސައްކަތްކޮށްފައެވެ.

ފުލުހުން ފެނުމާއެކު އޭގެ ތެރެއިން އެކަކު ސައިކަލަށް އަރައި މަގުމައްޗަށް ނެރެން އުޅެނިކޮށް ހުއްޓުވުމުން، އެއީ އާއިލީ މީހެއްގެ ސައިކަލެއް ކަމަށް ބުނެ އޮޅުވާލަން އުޅުނެވެ. ނަމަވެސް، ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް އިންޖީނު ނަންބަރު ޗެކްކުރުމުން އެއީ ސައިކަލުގެ އަސްލު ނަންބަރު ނޫންކަން ވަނީ ސާފުވެފައެވެ. އަދި އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮތް އަސްލު ނަންބަރު ބޯޑު ފެނުމާއެކު އެ ތިން މީހުން ހައްޔަރުކޮށް، ވައްކަން ކުރަން ބޭނުންކުރި ތަޅުދަނޑިއާއެކު ސައިކަލު ވަނީ ޓޯކޮށްފައެވެ.

ދެވަނަ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 25 އަހަރުގެ ސްރީލަންކާ ދެ ފިރިހެނުންނެވެ. އެ މީހުން ދަންވަރު 2:14 ހާއިރު ލޮނުޒިޔާރަތް މަގުން ވަންވޭއާ ޚިލާފަށް ސައިކަލުގައި ދަނިކޮށް ފުލުހުން ހުއްޓުވިއިރު، ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަން ވަނީ އެނގިފައެވެ.

އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސް އިތުރަށް ބަލައިފާސްކުރިއިރު، ސައިކަލުގައި ހުރި ނަންބަރު ބޯޑާއި އިންޖީނު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވުނެވެ. އަދި ސިސްޓަމް މެދުވެރިކޮށް އިތުރަށް ޗެކްކުރުމުން އެއީ ކުރިން ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވުމާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި