Saturday, 17 October 2026
Ads by

ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ހޯމް މިނިސްޓަރ ޢަލީ އިޙުސާން

ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ ސަލާމަތީބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ ރަސްމާލެ މަޝްރޫޢުއާއި ގުޅިގެން ޝެއިޚް ޒަމްޒަމް ފާރިޝް ސޯޝަލްމީޑިއާގައި ލިޔެފައިވާ ލިޔުމަކަަށް ދެއްވި ރައްދެއްގައެވެ.

ޒަމްޒަމް ލިޔެފައިވަނީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ވަޙްދަތަށް އޮތް ނުރައްކަލެއް ކަމަށާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އަލްޢައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދީފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ދެއްވި ރައްދުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ އަދި ދިވެހިރާއްޖޭގެ ސަލާމަތީބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށާއި، މި ނޫންގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ.

މިއާއިއެކު މިނިސްޓަރ ހަނދާންކޮށްދެއްވީ މިނިސްޓަރ އިހުސާންއަކީވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް ކަމަށެވެ. މިއާއިއެކު އިހުސާން ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.

މި ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދާއިރު ގައުމީ ސަލާމަތާއި ގުޅޭކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ދަންނަވަން. ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭފަރާތްތަކުން ސާފުކުރުމަށް ދަންނަވަން: އިޙުސާން

އިހުސާން ވިދާޅުވީ މިހާރު ވާހަކަ ދެކެވެމުންދާ ރަސްމާލޭގެ އެއްބަޔަކީވެސް ރާއްޖޭގައި ވިޔަފާރިއުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތް އިރު، މިހުރިހާ ރަށެއްގައިވެސް ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެބަޔަކު އަމިއްލަޔަށް ކަމަށެވެ. އަދި ރަސްމާލެވެސް މިގޮތުން ތަފާތުނުވާ ކަމަށާއި، ނަމަވެސް މިހުރިހާތާކުވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރަމުންދާކަން ފާހަގަކުރިއެވެ. އަދި ރަސްމާލޭގައިވެސް އެކަން ކުރާނެ ކަމަށާއި ޕްރޮޖެކްޓްގެ ބާވަތުން އެމަސައްކަތް ކުރަން ޖެހެނީ އެރަށުގައި ޤާއިމުވެތިބެގެންކަމަށްވާނަމަ އެކަން ކުރާނީ އެގޮތަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި