Saturday, 17 October 2026
Ads by

އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑު: ހުކުރު ޚުޠުބާ

އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑު: ހުކުރު ޚުޠުބާ

މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށާއި، ތެދުދޮގު ބެލުމެއް ނެތި މީސްމީޑިއާގައި މީހުން ފަޟީޙަތްކުރުމަކީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ހިމެނެއެވެ. އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވެސް މުސްލިމުންގެ ލެޔާއި، މުދަލާއި، ހަށިތަކުގެ އިތުރުން އަބުރު ރައްކާތެރިކުރެއްވިގެންވާކަން ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މީހެއްގެ އަބުރު ކަތިލެވުމުން ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމުގައި ވިޔަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެކެވެ. މުޖުތަމަޢު އެ މީހަކާ މެދު ދެކޭގޮތް ބަދަލުވެ، އެކަހެރިވެގެންދާއިރު، ދުނިޔޭގައި އޭނާ އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއްގައެވެ.

މީގެއިތުރުން، މި ޒަމާނުގެ ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީސްމީޑިއާ މެދުވެރިކޮށް މީހުން ފަޟީޙަތްކުރަމުންދަނީ އެއްވެސް ފިކުރެއް ނެތި ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޒާތީވުމާއި ހިތުގައިވާ ޙަސަދައިގެ ސަބަބުން، ޅަދަރިންގެ ކުރިމަތީގައި މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގަމުންދާއިރު، މާދަމާ ޤައުމާ ޙަވާލުވާން ތިބި ޖީލަށް ދެއްކެނީ ކޮންފަދަ ނަމޫނާއެއްތޯ ޚުޠުބާގައި ސުވާލު އުފެއްދެވިއެވެ.

އަބުރަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދެމުން، މީހުންގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމާއި، ގޯސްކޮށް ހީކުރުމާއި، ޖާސޫސްކުރުމާއި އަދި ޣީބަބުނުން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ މިންވަރު ޚުޠުބާގައި ތަފުޞީލުކޮށްދެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވަނީ، އާންމުކޮށް އަބުރަށް އަރައިގަނެވެނީ ދުލުން ކަމަށްވާތީ، ދުލުގެ ނުބައިކަމުން ރައްކާތެރިވުމަށާއި، އަދި އެހެން މީހުން ޝައްކުކުރާ ފަދަ ކަންކަމުން އަމިއްލަ ނަފުސު ދުރުހެލިކޮށް އަބުރު ރައްކާތެރިކުރުމަށް ނަޞޭޙަތްތެރިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި