Saturday, 17 October 2026
Ads by

ބަނގުރާ ނެޓްވޯކުގެ އިސް މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ބަނގުރާ ނެޓްވޯކުގެ އިސް މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް

މާލެތެރެެއަށް ބަނގުރާ ސަޕްލައިކުރާ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ރަޝްވާން

ހ. މާދޫގޭގައި ހިންގާ އޮފީހެއްގެ ނިވަލުގައި، ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ފަރާތް  ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ad Image
Ads by

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ. މައުލޫމާތު ލިބޭ ގޮތުގައި އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.

މި މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އަމުރުގައިވާ ގޮތުން އެ މައްސަލާގައި ”ހުއްޓުވުނު“ ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ.

ބަނގުރަލުގެ ވިޔަފާރިކުރާ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން އިންވެސްޓިގޭޝަން އޮފިސަރަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެކަން ކުރަމުންދިޔައީ  ރަޝްނާ އަންގައިގެންނެވެ.

މާދޫގޭގެ ދެ ފްލޯއެއްގައި ބަނގުރާ ސަޕްލައިކުރާ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ މީހުންނަކީ: އަލް އަމީން، 34، ޕޮލިން، 43، އެމްޑީ ރަކިބް ހޮސެން، 25 އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި