Saturday, 17 October 2026
Ads by

ދުނިޔޭގެ މާލީ ނުތަނަވަސްކަމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ

ދުނިޔޭގެ މާލީ ނުތަނަވަސްކަމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ލޮޅުންތަކުން ރާއްޖެ ރައްކާތެރިކޮށް، މާލީ ހަމަޖެހުން ދަމަހައްޓަން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރޮއިޓާސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މާލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދިޔަ ނަމަވެސް، މިއީ ދުނިޔޭގެ ގިނަ ގައުމުތަކަށް މިއަދު ކުރިމަތިވެފައިވާ އާންމު ގޮންޖެހުމެކެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އިސްނަގައިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި މާލީ ނިޒާމު އިތުރަށް ތަރުތީބުކޮށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުން ގައުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ އިގްތިސާދު ކުރިއެރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާ ކުރިއަށްގެންދިއުމުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ބޮޑު ދައުރެއް އަދާކުރާނެކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކާއެކު ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަމުންނެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، 2027 ވަނަ އަހަރު އިގްތިސާދު 3.8 އިންސައްތައިގައި އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިގައި ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ސަރުކާރުގެ އިގްތިސާދީ އިސްތިރާތީޖީ އަމާޒުތަކުގެ ތެރޭގައި އިގްތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭރުގެ މާލީ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން 250 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ މަހު އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ފަސް އަހަރުގެ މުއްދަތަށް 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މާލީ ހިންގުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމާއެކު އިސްތިރާތީޖީ ދާއިރާތަކަށް އިންވެސްޓްކުރުމަކީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތަކަށް ދާއިމީ ހައްލެއް ހޯދައި، ގައުމުގެ ދިގު މުއްދަތުގެ ތަރައްގީގެ އަމާޒުތައް ކާމިޔާބުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެކެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި