Saturday, 17 October 2026
Ads by

އެކައުންޓް ހެކްކޮށް ”ބައްޕަ“ ކަމަށް ހެދިގެން ފައިސާ ފޭރުނު މީހަކު ޖަލަށް

އެކައުންޓް ހެކްކޮށް ”ބައްޕަ“ ކަމަށް ހެދިގެން ފައިސާ ފޭރުނު މީހަކު ޖަލަށް

ފޭސްބުކް އެކައުންޓެއް ހެކްކުރުމަށްފަހު ބައްޕަކަމަށް ބުނެ އޮޅުވާލައިގެން މެސެންޖަރ މެދުވެރިކޮށް ފައިސާ ހޯދި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ޖަލު އަދަބު އިއްވާފައިވަނީ މާލެ، ގ. ބްލޫރިވާ، އާދަމް ރަޝީދުގެ މައްޗަށެވެ. ކޯޓު ހުކުމުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ ހއ. އިހަވަންދޫ މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައެވެ.

އެއަށްފަހު އެކައުންޓުގެ ވެރިފަރާތުގެ އަންހެން ދަރިފުޅަށް މެސެޖުކޮށް 1،000 ރުފިޔާ އަދި ފިރިހެން ދަރިފުޅަށް މެސެޖުކޮށް 3،500 ރުފިޔާ ފޮނުވައިދިނުމަށް ބައްޕަގެ ނަމުގައި އޭނާ އެދުނެވެ. މި ފައިސާ ޖަމާކުރުމަށް ދީފައިވަނީ އާދަމް ރަޝީދުގެ ކޮއްކޮގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރެކެވެ.

ދެ ދަރިންގެ އެކައުންޓުން ޖުމްލަ 4،500 ރުފިޔާ އެ އެކައުންޓަށް ޖަމާކުރުމާއެކު، ގާކޮށީގައި ހުންނަ އޭޓީއެމްއަކުން އާދަމް ރަޝީދު ވަނީ އެ ފައިސާ ނަގާފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ”އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ“ ދައުވާއަށް އިބްތިދާއީ މަރުހަލާގައި ވަކީލަކު ނުލައި އޭނާ ވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ.

މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަމަށްވާއިރު، ކުށަށް އިއުތިރާފުވުމުން އަދަބު ލުއިވި ނަމަވެސް، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ފޭރުމުގެ ކުށުގެ ސާބިތު ރެކޯޑެއް އޭނާގެ އޮތުމުން ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ މަތިވެފައެވެ. މިއާއެކު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ ވަނީ އޭނާ ޖަލަށްލުމަށް ހުކުމް ކުރައްވާފައެވެ.

މި މައްސަލައިގައި އާދަމް ރަޝީދުގެ ކޮއްކޮ، ގ. ބްލޫރިވާ ހުސެއިން ރަޝީދުގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށްފައިވާއިރު، އޭނާގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި