Saturday, 17 October 2026
Ads by

ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރަކު ވަކިކުރި ކަމަށް ފެތުރޭ ވާހަކަތައް ޚާރިޖީ ވުޒާރާއިން ދޮގުކޮށްފި

ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރަކު ވަކިކުރި ކަމަށް ފެތުރޭ ވާހަކަތައް ޚާރިޖީ ވުޒާރާއިން ދޮގުކޮށްފި

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރުމުގެ ސަބަބުން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަފީރުން މަގާމަށް އައްޔަނުކުރުމާއި ވަކިކުރުމުގެ ހުރިހާ ނިންމުންތަކަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ.

ޚަބަރުގައި އިޝާރާތްކޮށްފައިވާ ސަފީރާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެމުން މިނިސްޓްރީން ބުނީ، އެ ބޭފުޅަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާޖްގެ ގޮތުގައި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި، ސަފީރެއްގެ މަގާމަށް އެ ބޭފުޅާ އައްޔަނުކުރެއްވީ 30 އޮކްޓޯބަރު 2024 ގައެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންނަށް ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެކަން ފާހަގަކޮށް، އެފަދަ މުވައްޒަފުން ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން އެއްވެސް މަޖުބޫރުކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން، ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅުވައިގެން ހަގީގަތާ ޚިލާފު އަދި ސާބިތުނުވާ މައުލޫމާތު އާންމު ނުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި