Saturday, 17 October 2026
Ads by

ސިއްހީ ފައިދާ ކަށަވަރުނުވާ އުފެއްދުންތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

ސިއްހީ ފައިދާ ކަށަވަރުނުވާ އުފެއްދުންތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

ބަލިތަކަށް ފަރުވާއެއް ލިބޭނެކަމަށް ދައުވާކުރާ ގިނަ އުފެއްދުންތަކަކީ އެއިން ލިބޭނެ ސިއްހީ ފައިދާއެއް އިލްމީ ދިރާސާތަކުން ކަށަވަރުކުރެވިފައިނުވާ ތަކެތިކަމަށް، ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) އިން ހާމަކޮށް، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ސިއްހީ ގޮތުން ފައިދާތައް ލިބޭނެކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދައި، ވިއްކައި އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެއްޗާ ގުޅުވައި، އެ ތަކެތި ތަހުލީލުކޮށްފައިވާ ލެބޯޓަރީ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ، ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދުގެ ދަށުން، އެފަދަ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށާއި، އަދި ކާބޯތަކެތި ބޭނުންކުރުމުން އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުން ވެސް އެ ގަވައިދުން މަނާކުރެވިފައިވާ ކަން ހަނދާންކޮށްދީފައެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދައި އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ އެއްވެސް މައުލޫމާތެއް، އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެކަމަށެވެ. ނަމަވެސް، އެ އިދާރާއަށް ފާހަގަކުރެވިފައިވާގޮތުން، ރާއްޖޭގެ ބާޒާރުގައި މިފަދަ ގިނަ އުފެއްދުންތަކަކީ  ސިއްހީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިނުވާ ތަކެތި ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އާއްމުން އިތުރަށް ސަމާލުވެ، އެއްވެސް އުފެއްދުމެއް ބޭނުންކުރުމުގެ ކުރިން އޭގެ ސިއްހީ ފައިދާތަކާ ބެހޭގޮތުން ސާބިތުކަމެއް ލިބިފައިވޭތޯ ބެލުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި