Sunday, 25 October 2026
Ads by

އުތުރުގެ އަތޮޅުތައް ވައިގެ މަގުން ގުޅާލަން އައިލެންޑް އޭވިއޭޝަނަށް އާ ދެ މަތިންދާބޯޓު ގެންނަނީ

އުތުރުގެ އަތޮޅުތައް ވައިގެ މަގުން ގުޅާލަން އައިލެންޑް އޭވިއޭޝަނަށް އާ ދެ މަތިންދާބޯޓު ގެންނަނީ

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ---

ރާއްޖޭގެ އުތުރުގެ އަތޮޅުތައް ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމުގެ މަސައްކަތުގެ ދަށުން، އައިލެންޑް އޭވިއޭޝަނަށް ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އާ ދެ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅުވާލެވިފައިވާ ފަދައިން އުތުރުގެ ހއ. ހދ. އަދި ށ. އަތޮޅުވެސް އެކީގައި ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އިއުލާނު ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އަލަށް ގެންނަ ދެ މަތިންދާބޯޓާއެކު އެ ސަރަހައްދުގެ އެއާ ޓްރެވަލްގެ ހަރަކާތްތަކާއި ފަތުރުވެރިކަން އެކީގައި ފެށިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުގައި ތަރައްގީކުރަން ފަށައި މި ސަރުކާރުގައި ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުރު ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ތަނަކަށް ނުވާތީ، އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގައި ޝާމިލު ރޭވުމެއް ނެތުމާއި، އެ ސަރަހައްދުގައި ފަތުރުވެރިކަން އެކަށީގެންވާ ވަރަށް ތަރައްގީވެފައި ނެތުމުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ދިމާވި ހުރަހެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ރަށްތައް ދޫކުރުމުގެ މަސައްކަތާއި، ވަށާޖެހޭ ރޭވުމެއްގެ ދަށުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު އުތުރުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމަލީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި