Saturday, 24 October 2026
Ads by

ދިވެހި ބަސް ހިމާޔަތްކުރުމަށް ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ހީނާ

ދިވެހި ބަސް ހިމާޔަތްކުރުމަށް ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ހީނާ

ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިރޭ އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ ---- ފޮޓޯ: އެކިއެމްވީ

ދިވެހި ބަސް ނެތެމުންދިއުމުގެ ބިރާއި، ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން މިރޭ ބޭއްވި ”އަހާ“ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad Image
Ads by

މިގޮތުން ދިވެހި ބަހުގެ އެކެޑަމީ މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ތަފާތު މުބާރާތްތައް ރާވައި ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވާހަކަދެއްކުމާއި، މަޒުމޫނު، ކުރުވާހަކަ އަދި ޅެން ހެދުމުގެ މުބާރާތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ގައުމީ ފެންވަރުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. މި މުބާރާތްތަކުގެ މައިގަނޑު މަގުސަދަކީ ބަހުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި ބަސްކޮށާރު މުއްސަނދިކުރުމެވެ.

ވުޒާރާގެ މަސައްކަތްތައް މާލެއަށް އެކަނި ސީމާވެފައި ނުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުންނާއި ކައުންސިލްތަކުން ހިންގާ ބަހުގެ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުން ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން އިސްނަގައިގެން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ ބަހުސް މުބާރާތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ރާއްޖެއިން ބޭރުގައިވާ އެމްބަސީތައް މެދުވެރިކޮށް ބޭރުގައި އުޅޭ ދިވެހިންނަށް ވެސް ބަހުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ގަވާއިދު ފޮތް އެކުލަވާލުމަށް 10 ވަރަކަށް އަހަރު ކުރެވުނު މަސައްކަތް ނިންމައި، މިއަހަރުގެ ނޮވެމްބަރު މަހު އެ ފޮތް ނެރުމަށް ތައްޔާރުވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީން ރަދީފު އެޕްލިކޭޝަންގެ އާ އިސްތަށިފިލާއެއް ނެރެފައިވާކަމަށާއި، މި އެޕް މެދުވެރިކޮށް އާ ބަސްތައް ހުށަހެޅުމާއި އަކުރުތަކުގެ ރަދީފު ވަކިން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރަދީފު ޗާޕުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ބަސް ކުރިއެރުވުމަށްޓަކައި އަންނަ އަހަރު ހެކަތޯންއެއް ބޭއްވުމަށާއި، ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. އަދި ލިޔުންތައް ދަފްތަރުކުރާނެ ޑޭޓާބޭސްއެއް ގާއިމުކުރުމާއި، މައުރަޒުތަކާއި އެގްޒިބިޝަންތައް މެދުވެރިކޮށް ކެލިގްރަފީއާއި ބަހުގެ ތާރީޚު އާންމުންނަށް ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރަމުންދާކަން ފާހަގަކުރައްވަމުން، އުސޫލުތަކަށް އިޞްލާޙު ގެންނަންޖެހޭނަމަ އެކަންކަން ދެނެގަތުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ބަހާއި ސަގާފަތް ދިރުވައި، ބަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި