Saturday, 17 October 2026
Ads by

މަގުމަތީގެ އެކްސިޑެންޓު ތަޙުޤީޤުތައް ހަރުދަނާކުރުމަށް ”ސްމާޓް ޑްރޯ“ ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި

މަގުމަތީގެ އެކްސިޑެންޓު ތަޙުޤީޤުތައް ހަރުދަނާކުރުމަށް ”ސްމާޓް ޑްރޯ“ ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި

މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމުގެ މަޤުޞަދުގައި، ”ސްމާޓް ޑްރޯ“ ނަމަކަށް ކިޔާ ޚާއްޞަ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

މިއީ ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ތަޢާރަފުކުރި ޒަމާނީ ވަސީލަތެކެވެ.

ފުލުހުން ބުނި ގޮތުގައި، މި ސޮފްޓްވެއަރއަކީ އެކްސިޑެންޓު ހިނގާ ސަރަޙައްދުތަކުގެ ސްކެޗުތަކާއި ޑައިގްރާމްތައް ކުރެހުން ފަސޭހަކޮށްދިނުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ނިޒާމެކެވެ. މިއީ ތަޙުޤީޤީ ރިޕޯޓުތަކުގެ ފެންވަރު މަތިކުރުމަށާއި، ހެކި ޑޮކިއުމެންޓުކުރުން އިތުރަށް ހަރުދަނާކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ސޮފްޓްވެއަރގައި އިންޓަރސެކްޝަންތަކާއި ޓީ-ޖަންކްޝަންތައް އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓުތައް ކުރީބައިގައި ފަރުމާކޮށްފައި ހުންނާނެއެވެ. އަދި އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތަކުގެ އިތުރުން މަގުބައްތި ފަދަ ތަޙުޤީޤަށް ބޭނުންވާ މުހިންމު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް މި ސޮފްޓްވެއަރގައި ހިމެނެއެވެ.

މީގެ އިތުރުން، އެކްސިޑެންޓު ހިނގި ސަރަޙައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްޙަކޮށް ދެއްކުމަށްޓަކައި، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖުތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުޞަތުވެސް މި ނިޒާމުގެ ތެރެއިން ލިބިގެންދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭ ޕޮލިސިންގ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތަޢާރަފުކުރަމުންނެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ފުލުހުން ދަނީ ހަރުކަށި ފިޔަވަޅުތައްވެސް އަޅަމުންނެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި