Saturday, 24 October 2026
Ads by

ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް އެމެރިކާގައި ކުރިއަށްދަނިކޮށް، ރަޝިޔާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިނުން 20 މީހުން މަރުވެއްޖެ

ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް އެމެރިކާގައި ކުރިއަށްދަނިކޮށް، ރަޝިޔާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިނުން 20 މީހުން މަރުވެއްޖެ

ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އިސްނަގައިގެން މުހިންމު މަޝްވަރާތަކެއް ބާއްވަމުން ދަނިކޮށް، ރަޝިޔާއިން ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޒަޕޮރީޜިއާއަށް ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި ތިން ކުޑަކުދިން ހިމެނޭހެން 20 މީހުން މަރުވެއްޖެއެވެ.

Ad Image
Ads by

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރަޝިޔާއިން އެއްފަހަރާ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އެޕާޓްމަންޓް އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ހަ އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. މިއީ މި ހަފުތާގެ ތެރޭގައި ރަޝިޔާއިން އާންމުންނަށް އަމާޒުކޮށް ދިން މިފަދަ ތިންވަނަ ބޮޑު ހަމަލާއެވެ. މި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ވެސް 80 އެއްހާ އާންމުން ވަނީ މަރުވެފައެވެ.

މި ހަމަލާއާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް، ރަޝިޔާގެ ޑީސަލް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ރަޝިޔާއިން އެކަމުގެ ޝުކުރު އަދާކުރީ ޒަޕޮރީޜިއާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ފަސް ބޮން އަޅައިގެން ކަމަށެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކައްލަސް ވެސް ވަނީ އެމެރިކާގެ މި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ ޑީސަލް މައްޗަށް އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ ހަނގުރާމައަށް ރަޝިޔާއަށް ހިތްވަރު ދިނުން ކަމަށާއި، ވިލާތުން ރަޝިޔާއަށް ދޭ ޕްރެޝަރު ކުޑަނުކުރާނެ ކަމަށެވެ. އެމެރިކާއިން މި ފިޔަވަޅު އުވާލަން ނިންމީ އީރާނާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ.

މި ހަމަލާތައް ދީފައި މިވަނީ، ފިނި މޫސުން އައުމުގެ ކުރިން ހަނގުރާމަ ދާއިމީކޮށް ހުއްޓުވުމަށް މަގުފަހިކުރުމަށްޓަކައި އެމެރިކާގެ ފްލޮރިޑާގެ މަޔާމީގައި އެމެރިކާ، ޔޫކްރެއިން، އީޔޫ އަދި ނޭޓޯގެ އޮފިޝަލުންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވާފައި ވަނިކޮށެވެ. އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށާއި ޔޫކްރެއިންގެ ސަލާމަތީ ކަންކަމާއި އަދި ހަނގުރާމައަށްފަހު ގައުމު އާރާސްތުކުރުމާ ގުޅޭގޮތުން ވަރަށް ”އެދެވޭ އަދި ކާމިޔާބު“ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހަނގުރާމަ މިހާރު އޮތް ހުއްޓުމަކަށް އައިސްފައިވާ ހާލަތުން ސުލްހައިގެ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ، ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، އަވަށްޓެހި ނޭޓޯގެ ގައުމުތަކަށް ވެސް ހަނގުރާމައިގެ އަސަރު ފޯރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އިންޒާރު ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި