Saturday, 24 October 2026
Ads by

އަންހެންކުދިން ބާރުވެރިކުރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް: މެޑަމް ސާޖިދާ

އަންހެންކުދިން ބާރުވެރިކުރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް: މެޑަމް ސާޖިދާ

ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފިއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ ހިއްސާކުރެއްވި ޕޯސްޓުގައި، ރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެންކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ނިމުމެއްނެތް ގާބިލުކަން ފާހަގަކުރައްވައި، ތަހުނިޔާ ވިދާޅުވެފައިވެއެވެ.

އެކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ، އަންހެންކުދިންނަކީ ލީޑަރުން ކަމަށާއި، އީޖާދީ ވިސްނުންތަކުގެ ވެރިންގެ އިތުރުން ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއް ކަމަށެވެ. އަދި އެކުދިންގެ އަޑާއި، ހުނަރާއި އަދި ލީޑަރޝިޕަކީ ވަރުގަދަ އަދި ކެތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަންހެންކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ މުސްތަގުބަލު އުފުލައިދޭ މުހިންމު ބާރެއް ކަމަށް މެޑަމް ވިދާޅުވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، ދައުލަތުގެ ޚިދުމަތްތަކާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރުގެ އިތުރުން މުޖުތަމައުގެ އިސް ސަފުގައި އަންހެންކުދިންނާއި ޒުވާން އަންހެނުން ދައްކަމުންދާ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް ރާއްޖެއިން ފެންނަމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އަންހެންކުދިން ދެމުންގެންދާ އަގުހުރި ޚިދުމަތްތަކާއި ހޯދަމުންދާ ކާމިޔާބީތަކަކީ ވަރުގަދަ އަދި ދެމެހެއްޓެނިވި ގައުމުތަކެއް ބިނާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅާ ކަންކަން ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ