Saturday, 17 October 2026
Ads by

ކޯޗާ މައްސަލަ ޖެހި ކޭމްޕު ދޫކޮށް ދިއުމުން ރޮނާލްޑޯ ސަސްޕެންޑްކޮށްފި

ކޯޗާ މައްސަލަ ޖެހި ކޭމްޕު ދޫކޮށް ދިއުމުން ރޮނާލްޑޯ ސަސްޕެންޑްކޮށްފި

ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދި، ޤައުމީ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފިއެވެ. ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އޭނާއާ ދެކޮޅަށް އަދަބު ދިނުމުގެ މައްސަލައެއް ބަލަން ފަށާފައެވެ.

Ad Image
Ads by

މި މައްސަލަ އުފެދުނީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުމަށް ކޯޗު ޖޯޖް ޖީސަސް ބުނުމަށްފަހު، މެޗުގެ ތެރޭގައި ވޯމްއަޕް ކުރަން ފޮނުވި ނަމަވެސް މެޗުގައި ކުޅެން ނުނެރުމުންނެވެ. އޭގެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ފެޑަރޭޝަނަށް އެންގުމަށްފަހު ޓީމުގެ ކޭމްޕު ދޫކޮށް ގޮސްފައެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 9، 2026 ގައި ނިންމި ނިންމުމަކާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ދޮސް ސަންތޯސް އަވޭރޯއާ ދެކޮޅަށް އަދަބީ ފިޔަވަޅު އެޅުމުގެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ. ގަވާއިދުތައް ބުނާގޮތުން ޤައުމީ ޓީމުގެ ހަރަކާތްތައް ދޫކޮށްދާ ކުޅުންތެރިއަކަށް މަހަކާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ސަސްޕެންޝަނެއް އަތުވެދާނެއެވެ.

މި ހާދިސާއަށްފަހު ރޮނާލްޑޯ ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލް ނަޞްރަށް އެނބުރި ގޮސް، ދިރިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން މޮޅުވި މެޗުގައި ލަނޑެއްވެސް ޖަހާފައެވެ. ސަސްޕެންޝަނާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، ކޭމްޕު ދޫކޮށް ދިއުމަކީ މައްސަލަ ހައްލުކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ނަމަވެސް ކޯޗު ޖީސަސް ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ވެފައިވާ ވައުދާ ޚިލާފުވެފައި ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށާއި، ކޯޗާމެދު އޮތް އިތުބާރު ގެއްލުނު ނަމަވެސް ކޭމްޕު ދޫކޮށް ދިއުމަކީ ކުރެވުނު ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ޓީމުގެ ކެޕްޓަން ކަމަށްވުމުން، އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށާއި، ފެޑަރޭޝަނުން ދޭ ކޮންމެ އަދަބަކާވެސް ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.

ޤައުމީ ޓީމަށް 234 މެޗު ކުޅެދީ 146 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ވަނީ މިއަހަރު އޭނާގެ 6 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅެފައެވެ. މުސްތަޤުބަލުގައިވެސް ޕޯޗުގަލްއަށް ކުޅުމުގެ ޝައުޤުވެރިކަން އެބައޮތް ކަމަށް އޭނާ ބުނެފައިވާއިރު، ޕޯޗުގަލްއަށް ކުރިއަށް އޮތީ ނޭޝަންސް ލީގުގައި ޑެންމާކާއި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި