ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި މަދުވެގެން 12 މީހުން ނިޔާވޭ 309 މީހުންނަށް އަނިޔާވެއްޖެއެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގައި ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ މީހުން މަރުވި ޙަމަލާއެވެ.
Chaotic scenes from Saudi Arabia at Riyadh's King Khalid International Airport
At least 12 people, including one American, were killed and 309 others injured in a strike
Trump said he is going to make a decision whether the US should join Saudi strikes against the Houthis…
— Defiant L’s (@DefiantLs) October 10, 2026
މަންޒަރު ދުށް މީހުން ބުނާގޮތުގައި، އެއަރޕޯޓުގެ ޑިޕާޗަރ ގޭޓާ ދިމާލަށް އެއްޗެއް އައިސް ގޮވުމާއެކު އެތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ. ސަޢޫދީގެ ސިވިލް އޭވިއޭޝަނުން ހާމަކުރިގޮތުގައި، ނިޔާވި 12 މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތަކާއި، ސަޢޫދީގެ 4 މީހުންނާއި، ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން މިޞްރު، އުރުދުން، ސޫރިޔާ، ފަލަސްޠީނު އަދި ސޫދާނުގެ ރައްޔިތުން ހިމެނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ޙަމަލާގެ ތުހުމަތު އަޅުވާފައިވަނީ އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫޘީންގެ ބޮލުގައެވެ. މި ޙަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ސަޢޫދީއާ ގުޅިގެން ހޫޘީންނަށާއި އީރާނަށް ޙަމަލާދިނުމާމެދު އެމެރިކާއިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އަޔަލޭންޑުގެ އެމްބަސީތަކުން ވަނީ އެ ޤައުމުތަކުގެ ރައްޔިތުން ރިޔާޟް އެއަރޕޯޓަށް ނުދިއުމަށް އަންގާފައެވެ. އަދި އިއްތިޙާދު އެއަރވޭސް އާއި ޤަތަރު އެއަރވޭސް ފަދަ ބޮޑެތި އެއަރލައިންތަކުން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ.















އެމެރިކާއާއި އިޒްރޭލުން މަދަދުދޭ ސައޫދީންވެސް އިސްވެ ޔަމަނަށް އެތައް ފަަހަރަކު ހަމަލާދީފަވޭ. ކީއްވެތޯ ސައޫދީގެ ވާހަކަ ބުނާއިރު އެހެން ނުބުނެވެނީ؟ މިއީ ވަރަށް ބޮޑު މައްސަލައެއް.