މުސްލިމް ޤައުމުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް 2009 ވަނަ އަހަރު އެމެރިކާގެ ފޯޓް ހުޑް އަސްކަރީ މަރުކަޒުގައި ޙަމަަލާދީ 13 އެމެރިކާ ސިފައިން މަރާލި ނިދާލް ޙަސަންގެ ގަޔަށް ބަޑިޖަހައި މަރުގެ ޙުކުމް ތަންފީޒުކުރާ މަންޒަރު އާންމުކޮށް ލައިވްސްޓްރީމް ކުރާނެކަމަށް ޕެންޓަގަން އިން ހާމަކޮށްފިއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މި މަރުގެ ޙުކުމް ތަންފީޒުކުރާނީ ”އާންމުންނަށް ފެންނަ ގޮތަށް“ ކަމަށް ބުނެފައެވެ. އަދި ފަހުން ޕެންޓަގަންގެ އޮފިޝަލުން ވަނީ މިއީ ލައިވްސްޓްރީމް ކުރެވޭނެ ކަމެއްކަން ކަށަވަރުކޮށްދީފައެވެ.
ޑިސެމްބަރު 3 ގައި ބާއްވަން ހަމަޖެހިފައިވާ މި ކަމަކީ އެމެރިކާގެ ތާރީޚުގައިވެސް މީހެއްގެ މަރުގެ ޙުކުމް ތަންފީޒުކުރާ މަންޒަރު އެމެރިކާ ސަރުކާރުން މިގޮތަށް ލައިވްކުރާ ފުރަތަމަ ފަހަރެވެ. އޭނާއަކީ އެމެރިކާ ސިފައިންގެ ކުރީގެ ނަފްސާނީ ޑޮކްޓަރެކެވެ. 2009 ވަނަ އަހަރު އޭނާ ދިން ޙަމަލާގައި 13 އެމެރިކާ ސިފައިން މަރުވެ، 32 ސިފައިނަކަށް އަނިޔާވިއެވެ.














