ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލްއައްބާރާއެކު ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ދޮގުކުރައްވައިފިއެވެ.
ފަލާޙް މިކަން ދޮގުކުރެއްވީ ”އަދަދު“ ނޫހުގައި ޝާއިއުކުރި ކޮލަމެއްގައި، މާލެ ކައިރި ރިސޯޓެއްގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އަލްއައްބާރު ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި މަޝްރޫޢުގެ މަޢުލޫމާތު ދެއްވި ކަމަށް ބުނެފައިވާތީއެވެ.
އަދަދުނޫހަކީ މިޤަޢުމު ފަސާދަކުރުމުގައި ނަމޫނާދައްކާނޫހެއް ތަނެއްދޮރެއްބެލުމެއްނެތި މިނޫނަސްދުނިޔެއެއް އޮތަކަންވެސްބަލާލުމެއްނެތި މިހިރަފަތުރާނުބައިދޮގުވާހަކަބަލާބަލަ ޕީއެންސީޕާލިމެންޓްރީގްރޫޕް އެއްވެސްއިންވެސްޓަރަކާއި ބައްދަލުކޮށް ކައިބޮއެ މަޝްވަރާކޮށެއްނުހަދާ މިޚަބަރުގައިމިވަނީ… pic.twitter.com/t226pvMa1h
— Ibrahim Falah (@IbrahimFalahR) October 9, 2026
އެކަމާ ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން އެއްވެސް އިންވެސްޓަރަކާ ބައްދަލުކޮށް، ކައިބޮއެ ނުވަތަ މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ނޫހުގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިހާރު ވަނީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. އަދި މި މަޝްރޫޢުގެ މައި އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.













