Saturday, 17 October 2026
Ads by

މުދަލަކީ މާތް ﷲގެ އަމާނާތެއް، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމަކީ ބޮޑު ޚިޔާނާތެއް: ހުކުރު ޚުޠުބާ

މުދަލަކީ މާތް ﷲގެ އަމާނާތެއް، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމަކީ ބޮޑު ޚިޔާނާތެއް: ހުކުރު ޚުޠުބާ

އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އިލާހީ އަމާނާތެއް ކަމަށާއި، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”މުދަލަކީ މާތް ﷲގެ ޙައްޤެކެވެ“ މި މައުޟޫޢަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށެވެ. އަދި ދުނިޔޭގައި ލިބިފައިވާ މުދަލަކީ އިންސާނުން އިމްތިޙާނު ކުރެއްވުމަށް ދެއްވާފައިވާ އެއްޗެއް ކަމަށާއި، ޤިޔާމަތް ދުވަހު އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާމެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތް ހެދުމާއި، ވައްކަމާއި، ޖުވާކުޅުމާއި އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ނަހަމަ ގޮތްގޮތުން ފައިސާ ހޯދުމަކީ މާތް ﷲ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަމެވެ. އަދި ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާން ކަމަށް ރަސޫލާގެ ޙަދީޘްފުޅާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވިއެވެ.

ޙަލާލު ގޮތުގައި އާމްދަނީ ހޯދުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން، ތެދުވެރިކަމާއެކު ކުރާ މަސައްކަތާއި އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރިތަކުން ލިބޭ ފައިސާއަކީ ޙަލާލު ތަކެތި ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި އެ މުދަލުން އަނބިދަރިންނާއި މައިންބަފައިންނަށް ހޭދަކުރުމަކީ މަތިވެރި ދީނީ ވާޖިބެއް ކަމަށާއި، އަހަރަކު އެއްފަހަރު މުދާ ޠާހިރުކުރުމަށް ޓަކައި ފަރުޟު ޒަކާތް އަދާކުރުމަށް ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށާއި، މުދަލާއި މުއްސަނދިކަމަކީ ޙަލާލު ގޮތުގައި ހޯދައި ހެޔޮ ގޮތުގައި ހޭދަކުރާ ނަމަ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށް ޚުޠުބާގައި ނިންމަވާލައްވަމުން ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި