Saturday, 24 October 2026
Ads by

އީރާނާ ގުޅުންހުރި ބަޔަކު އޭއައި ބޭނުންކޮށްގެން ފޭކް ނޫސްވެރިންތަކެއް އުފައްދައި، ބައިނަލްއަޤްވާމީ މީޑިއާތަކަށް ލިޔުންތައް ފޮނުވައިފި: އޯޕަން އޭއައި

އީރާނާ ގުޅުންހުރި ބަޔަކު އޭއައި ބޭނުންކޮށްގެން ފޭކް ނޫސްވެރިންތަކެއް އުފައްދައި، ބައިނަލްއަޤްވާމީ މީޑިއާތަކަށް ލިޔުންތައް ފޮނުވައިފި: އޯޕަން އޭއައި

އީރާނުގެ ނުފޫޒު ފެތުރުމުގެ ޙަރަކާތަކާ ގުޅުންހުރި ޗެޓްޖީޕީޓީ އެކައުންޓްތައް އޯޕަންއޭއި އިން ބަންދުކޮށްފި [އޭ.އެފް.ޕީ]

އީރާނާ ގުޅުންހުރި ނެޓްވޯކަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޭކް ނޫސްވެރިންތަކެއް އުފައްދައި، ބައިނަލްއަޤްވާމީ މީޑިއާތަކުގައި ޚަބަރު ފަތުރަމުންދިޔަ ”ބޯގަސް ބައިލައިންސް“ ނަމަކަށް ކިޔާ ކެމްޕޭނެއް އޯޕަންއޭއައި އިން ހުއްޓުވައިފިއެވެ.

Ad Image
Ads by

މި އޮޕަރޭޝަންގައި ހުޅަނގުގެ ނަންތައް ބޭނުންކޮށްގެން 7 ފޭކް ނޫސްވެރިންގެ އައިޑެންޓިޓީ އުފައްދާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ލިޔެފައިވާ 100 އާ ގާތްކުރާ އަދަދެއްގެ އާޓިކަލް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 12 ވަރަކަށް އަސްލު މީޑިއާ އައުޓްލެޓެއްގައި ވަނީ ކާމިޔާބުކަމާއެކު ޝާއިޢުކޮށްފައެވެ.

އީރާނުގެ މި ނެޓްވޯކުން ޗެޓްޖީޕީޓީ ބޭނުންކޮށްފައިވަނީ ލިޔުންތަކުގެ ފެންވަރު ރަނގަޅުކޮށް، ނޫސްތަކުގެ އެޑިޓަރުންނަށް ފޮނުވާ އީމެއިލްތައް ލިޔެ، އަދި ސޯޝަލް މީޑިއާ ކޮމެންޓްތައް އުފެއްދުމަށެވެ. މީގެ އިތުރުން އެމީހުންގެ އަމިއްލަ ރިޕޯޓުތައް ތައްޔާރުކުރުމަށްވެސް އޭއައި ބޭނުންކޮށްފައިވެއެވެ.

މި ލިޔުންތަކުގެ މައިގަނޑު މަޤްޞަދަކީ އެމެރިކާ-އީރާނު ހަނގުރާމައިގައި ދުނިޔޭގެ ވިސްނުން ބަދަލުކުރުމެވެ. އެގޮތުން، އެމެރިކާއަކީ އިސްވެ ޙަމަލާދޭ ގޯސް ފަރާތްކަމަށާއި، އިސްރާއީލަކީ އިތުބާރު ނުކުރެވޭ ބައެއްކަމަށް، އަދި އީރާނަކީ އަނިޔާ ލިބެމުންދާ ޤައުމެއްކަމަށް ދެއްކުމަށް މި ލިޔުންތަކުގައި މަސައްކަތްކޮށްފައިވެއެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި