ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ފިލްމު ކުޅޭ ގްރޫޕެއްގެ ބަޔަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި ރިޝްމީގެ ކުރީގެ ފިރިކަލުންނާއި ފިލްމީ ތަރި އައްޒަގެ ކުރީގެ ފިރިކަލުން ހިމެނެއެވެ.
ވިލިމާލޭގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
ހައްޔަރުކުރި މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި މައްސަލައިގެ އިތުރު ތަފުސީލު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.













