Saturday, 17 October 2026
Ads by

މޯދީ ވެރިކަމުގައި 10 އަހަރު ތެރޭ ހަރުކަށި ހިންދޫ ފިކުރު ޖަމާޢަތްތަކުން އަނިޔާކޮށް މަރާފައިވާ 1،743 މައްސަލައެއް ހާމަކޮށް ފޮތެއް ނެރެފި

މޯދީ ވެރިކަމުގައި 10 އަހަރު ތެރޭ ހަރުކަށި ހިންދޫ ފިކުރު ޖަމާޢަތްތަކުން އަނިޔާކޮށް މަރާފައިވާ 1،743 މައްސަލައެއް ހާމަކޮށް ފޮތެއް ނެރެފި

'މޮބް ލިންޗިންގ އިން އިންޑިއާ، އަ ރެކޯޑް 2014-2024' ފޮތުގައި ހިންދޫ ހަރުކަށި ފިކުރު ބާރުވެރިވެ، މުސްލިމުންނާއި އެނޫން ދީންތަކާއި ހިންދޫ ދީނުގެ ދަށްފަންތީގެ 'ދަލިތުން' ނަށް އަނިޔާކޮށްގެން މަރާފައިވާ 1,745 މައްސަލައެއް ޑޮކިއުމަންޓުކޮށްފައިވެއެވެ. (ފޮޓޯ ކޮލާޖު)

ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރުގެ ފުރަތަމަ ދެ ދައުރުގެ ތެރޭގައި (2014 އިން 2024 އަށް) އިންޑިއާގައި ހިންގާފައިވާ ”މޮބް ލިންޗިންގ“ ނުވަތަ ބަޔަކު އެއްވެ މީހުންނަށް އަނިޔާކޮށް މެރުމުގެ 1،743 ޙާދިސާ ހިމެނޭ 744 ޞަފުޙާގެ ބޮޑު ފޮތެއް ނެރެފިއެވެ.

Ad Image
Ads by

’އަ ރެކޯޑް’، 2014-2024 ގެ ނަމުގައި މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި މުސްލިމް ލީޑަރެއް ކަމަށްވާ ޡަފަރުލް އިސްލާމް ޚާން އެވެ. މި ފޮތުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަނިޔާވެރި ޢަމަލުތައް އެންމެ ގިނައިން އަމާޒުކޮށްފައިވަނީ އިންޑިއާގެ މުސްލިމުންނާއި، ކްރިސްޓިއަނުންނާއި، އަދި ދަށު ފަންތީގެ ހިންދޫން ކަމަށްވާ ދަލިތުންނަށެވެ.

ޡަފަރުލް އިސްލާމް ޚާން މި ޢަމަލުތައް ސިފަކޮށްފައިވަނީ ”ޓެރަރިޒަމްގެ ތަފާތު ވައްތަރެއް“ ގެ ގޮތުގައެވެ. އޭނާ ބުނި ގޮތުގައި މިއީ މިހާރު އިންޑިއާގެ މުޖުތަމަޢުގައި ”އާންމު ކަމަކަށް“ ބަދަލުވެފައިވާ ނުރައްކާތެރި ޙާލަތެކެވެ. 10 އަހަރުގެ ތެރޭގައި 1،700 އަށްވުރެ ގިނަ ޙާދިސާ ރެކޯޑުކުރެވިފައިވުމަކީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ފެއިލްވުމެއްގެ އިތުރުން، މިކަމަށް ސިޔާސީ ގޮތުން ލިބެމުންދާ ހިތްވަރު ދައްކުވައިދޭ ކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި