Saturday, 24 October 2026
Ads by

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަތަރު ފަލަސްޠީނު މީހުން ޝަހީދުވެއްޖެ

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަތަރު ފަލަސްޠީނު މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އުދުވާނުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ކުނިބުނިތަކުގެ ތެރޭގައި، ފަލަސްތީނުގެ ރައްޔިތަކު އިށީނދެލައިގެން... ފޮޓޯ | 7 އޮކްޓޫބަރު 2026 މަޙްމޫދު އީސާ/ރޮއިޓާސް

އިސްރާއީލުގެ އަނިޔާވެރި ސިފައިން މުޅި ޣައްޒާއަށް ދެމުންގެންދާ ވައިގެ އަދި އެއްގަމު ހަމަލާތަކުގައި، ސަލާމަތީ މަސައްކަތްތެރިއަކު ހިމެނޭހެން މަދުވެގެން ހަތަރު ފަލަސްޠީނު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

Ad Image
Ads by

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާގެ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރިން އަނިޔާވި މީހުންނަށް އެހީތެރިވުމަށް ދަތުރުކުރަމުން ދިޔަ ފަލަސްތީނިއަން ސިވިލް ޑިފެންސްގެ ވޮލަންޓިއަރަކު ވަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުވެފައެވެ. ސިވިލް ޑިފެންސުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޝަހީދުވެފައިވަނީ މުޙައްމަދު ތަމޫސް ނަމަކަށް ކިޔާ ރެސްކިއު ވޯކަރެކެވެ.

މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް އިސްރާއީލުން ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއްގައި އުމުރުން 60 އަހަރުގެ ހިޝާމް އިބްރާހީމް އަބޫ މުޞްޠަފާ ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ނާޞިރު ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޚާން ޔޫނިސްގެ ދެކުނުގައިވާ ޤީޒާން އަބޫ ރަޝްވާން ސަރަޙައްދަށް ދިން އެހެން ޑްރޯން ހަމަލާއެއްގައި 17 އަހަރުގެ ފަލަސްޠީނު ޒުވާނަކު ޝަހީދުވެގެން އޭނާގެ ހަށިގަނޑު ވެސް ވަނީ ނާޞިރު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެވެ.

ތުރުކީގެ އަނަދޯލޫ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ މަހު ޚާން ޔޫނިސްގެ އިރުމަތީގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އަނިޔާވި ފުރާވަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ޝަހީދުވެފައެވެ. ހަމައެއާއެކު، ބުދަ ދުވަހު އަލް-އަމަލް އަވަށުގައި ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުންދިޔަ ފޭލިގެތަކަކަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ކުޑަ އަންހެން ކުއްޖަކު ވަނީ ޒަޚަމްވެފައެވެ.

މީހުން މެރުމުގެ އިތުރުން، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޢާންމުންގެ ގެދޮރު ސުންނާފަތި ކުރުމުގެ އުދުވާނުތައްވެސް ހިންގަމުންނެވެ. އެގޮތުން ޚާން ޔޫނިސްގެ އިރުއުތުރާއި އިރުމަތީ ސަރަޙައްދުތަކުން ބައެއް އިމާރާތްތައް ގޮއްވާލައި ބިމާ ހަމަކޮށްފައިވާއިރު، ޣައްޒާ ސިޓީގެ ތުއްފާޙް އަވަށުގެ އިރުމަތީ ސަރަޙައްދުގައިވެސް އިސްރާއީލު ސިފައިން ވަނީ އިމާރާތްތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ