Saturday, 24 October 2026
Ads by

އީގަލް ހިލްސްގެ ޗެއަރމަން، މުޙައްމަދު އަލްޢައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އީގަލް ހިލްސްގެ ޗެއަރމަން، މުޙައްމަދު އަލްޢައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރަސްމާލޭގައި އީގަލް ހިލްސް ކުންފުންޏާއެކު މެރީނާ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްޢައްބާރު މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

އަލްޢައްބާރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އޭނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވައި ހާއްސަ އިންޓަވިއުތަކެއް ދެއްވުމާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް މާދަމާ މެންދުރު ހާއްސަ ފަރިއްކޮޅެއް ވެސް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަލްޢައްބާރު މާދަމާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި މޯލްޑިވްސް މެރީނާ އެންޑް ވޯޓަރ ފްރަންޓް މަޝްރޫއުގެ ނަމުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ވަނީ ނިންމައިފައެވެ. 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަރފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނެއެވެ.

މީގެއިތުރުން ވިޔަފާރި އާއި ކެއިންބުއިމާއި ތައުލީމާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން އިޖުތިމާއީ އެންމެހައި ވަސީލަތްތައް ވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ހިންގަނީ ރަސްމާލެއިން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައި ކަމަށްވާއިރު، ބާކީ އޮތް 600 ހެކްޓަރު ހާއްސަކުރާނީ ގޯއްޗާއި ފްލެޓާއި އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް އަލްޢައްބާރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަލްޢައްބާރު އެނބުރި ގައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ