Saturday, 24 October 2026
Ads by

’މައްކާ ޕެކްޓް‘ ދަށުން ތުރުކީ އާއި ޕާކިސްތާނުގެ ސިފައިންނާއި ދިފާޢީ ނިޒާމުތައް ސަޢޫދީއަށް ފޮނުވަނީ

’މައްކާ ޕެކްޓް‘ ދަށުން ތުރުކީ އާއި ޕާކިސްތާނުގެ ސިފައިންނާއި ދިފާޢީ ނިޒާމުތައް ސަޢޫދީއަށް ފޮނުވަނީ

މައްކާ ޑިފެންސް އެލަޔަންސްގެ މެންބަރުން ކަމަށްވާ ތުރުކީ، ޕާކިސްތާން އަދި ސަޢޫދީ ޢަރަބިއްޔާގެ އިސް އޮފިޝަލުންތަކެއް 2026 އޮގަސްޓް 31 ގައި އިސްތަންބޫލްގައި ބައްދަލުކުރަނީ. [މުރާދު ސޭޒަރު/ރޮއިޓާސް]

މެދުއިރުމަތީގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުން، ތުރުކީ އާއި ޕާކިސްތާނުން ސަޢޫދީ ޢަރަބިއްޔާއަށް ސިފައިންނާއި، ޕައިލެޓުންނާއި، އަދި ވައިގެ ދިފާޢީ ނިޒާމުތައް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.
މިކަން ކުރިއަށްދަނީ އަލަށް އެކުލަވާލި ”މައްކާ ޕެކްޓް“ ގެ ދަށުންނެވެ. މިއީ ޔަމަނުގެ ހޫޘީން ސަޢޫދީއަށް ދެމުންދާ ޙަމަލާތަކުން ސަޢޫދީ ސަލާމަތްކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

Ad Image
Ads by

ތުރުކީ ސިފައިން މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވާނީ ސަޢޫދީގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅީގެ ހުޅަނގު ފަޅި ޙިމާޔަތްކުރުމަށާއި، ރިޔާޟްގެ އިތުރުން މައްކާ އާއި މަދީނާ ދިފާޢުކުރުމަށެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތުރުކީގެ ސިފައިންނާއި ހަތިޔާރު ސަޢޫދީއަށް ދާން ފަށާނެއެވެ. އަދި އިތުރު ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދާނެކަމަށް ބެލެވެއެވެ.

ރިޔާޟްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، މި އިއްތިޙާދުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޕާކިސްތާނުގެ ރިޓަޔަރޑް ޖެނެރަލް ނައުމާން މަޙްމޫދު ވަނީ 3 އަހަރުގެ މުއްދަތަކަށް އައްޔަންކޮށްފައެވެ.

ސަޢޫދީ ކޯލިޝަނުން ޔަމަނުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވީ ނަމަވެސް، ތުރުކީ އާއި ޕާކިސްތާނުން ސަޢޫދީއަށް ފޮނުވާ ސިފައިން ޔަމަނުގެ އެތެރޭގެ ހަނގުރާމައިގައި އެއްވެސް ވަރަކަށް ބައިވެރިނުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ