Sunday, 18 October 2026
Ads by

ފްލައިދުބާއީގެ ”ހައިޖެކްކުރި“ ބޯޓު ވައްޓާލަން އިސްރާއީލުން އޮތީ ތައްޔާރަށް

ފްލައިދުބާއީގެ ”ހައިޖެކްކުރި“ ބޯޓު ވައްޓާލަން އިސްރާއީލުން އޮތީ ތައްޔާރަށް

ފްލައިދުބާއީ ފްލައިޓް 1073 ގެ ދަތުރުވެރިންނާއި ފަޅުވެރިން، ބޯޓު ޖޯޑަންގެ އުޑުމައްޗަށް ފޯރުމުގެ ކުރިން ބޯޓުގެ ކޮންޓްރޯލް އަނބުރާ ނުނެގިނަމަ، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޖޯޑަންގެ ވައިގެ ސަރަހައްދަށް ވަދެ، ބޭނުންވެއްޖެ ހާލަތެއްގައި އެ ބޯޓު ވައްޓާލުމަށް އޮތީ ތައްޔާރަށް ކަމަށް ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން އިސްރާއީލުގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.

Ad Image
Ads by

އިސްރާއީލުން ވަނީ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ފަދަ ހައިޖެކް ކުރުމުގެ ހާދިސާއަކަށް ތައްޔާރުވުމަށް އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައެވެ. އިސްރާއީލުގެ ވައިގެ ސިފައިންނަށް އެ ބޯޓާ ގުޅޭގޮތް ނުވުމާއެކު، ކުއްލި ކޮމާންޑް ސެންޓަރެއް ވަގުތުން ގާއިމުކޮށް، އިސްރާއީލުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ޖެޓްތައް ވަނީ ވައިގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް އެ ބޯޓު މިސްރާބު ބަދަލުކޮށް ސައޫދީ އަރަބިއްޔާއަށް ކުއްލި ހާލަތުގައި ޖެއްސުމުން ޖެޓްތައް ވަނީ އަނބުރާ އައިސްފައެވެ.

އެ ބޯޓު ކުރިއަށް ދިޔަނަމަ، ކޮމާންޑް ސެންޓަރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅައި، ބޯޓުގައި ތިބި 182 ފުރާނައިގެ ނިޔާ ކަނޑައެޅުމުގެ ފަހު ނިންމުން ނިންމާނީ އޭނާއެވެ. މިއީ އިސްރާއީލުގެ ރައްޔިތުން ރަހީނުވިޔަނުދީ ހުއްޓުވުމަށްޓަކައި، މީހުން މެރުމާ ހަމައަށްވެސް ފިޔަވަޅު އެޅުމަށް އަންގާ އިސްރާއީލުގެ ”ހެނިބަލް ޑިރެކްޓިވް“ އުސޫލުގެ ބޭނުން ހިފުން ފަދަ ކަމެކެވެ. މި އުސޫލަކީ އޮކްޓޯބަރު 7 ގައިވެސް އިސްރާއީލުން ބޭނުންކޮށްފައިވާ އުސޫލެކެވެ.

ފްލައިދުބާއީ ފްލައިޓް 1073 ގެ ހާދިސާއާ މެދު ނޫސްވެރިންގެ މެދުގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިއީ ވަކި ހައްދުފަނައަޅާފައިވާ ފަރުދަކު ހިންގި ހައިޖެކް ކުރުމުގެ އަމަލެއްތޯ، ނޫންނަމަ އީރާން ކުށްވެރިކޮށް، އިސްރާއީލާއި ގަލްފުގެ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ ސަޕޯޓު ހޯދުމަށް ނަތަންޔާހޫ ރޭވިގެން ހިންގި ”ފޯލްސް ފްލެގް“ އަމަލެއްތޯ ސުވާލު އުފެދެއެވެ.

މި ހާދިސާ ހިނގުމުގެ އެއްދުވަސް ކުރިން ނަތަންޔާހޫ ވަނީ އިސްރާއީލަށް ކުރިމަތިވެފައިވާ ސެކިއުރިޓީ ނުރައްކާތަކާ ބެހޭ ގޮތުން އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޮކްޓޯބަރު 7 ގެ ހަމަލާގެ މައުލޫމާތު އޭނާއަށް ކުރިން އެނގިފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް އަނބުރާ ގެންދިއުމަށް އެދި އޭނާ ވަނީ ޔޫއޭއީއަށް ސިއްރު ދަތުރެއްކޮށް ޝެއިޚް މުހައްމަދު ބިން ޒައިދުއާ ބައްދަލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
F47D2A68-7BC7-424C-9224-7D68C8F47C4D
ކަމަދޫ މިސްކިތުގެ ވަށާފާރުގެ 90 ޕަސެންޓް މަސައްކަތް ނިމި ރޫފް ބީމްގެ މަސައްކަތް ފަށައިފި
Irthisham in OIC meeting
ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
މާލޭގެ މަގަކުން ލިބޭ ގޯނާތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި