Saturday, 24 October 2026
Ads by

ރަކީދޫ ކައުންސިލްގެ މުވައްޒަފަކު މިސްކިތު ވޭޖްގެ ނަމުގައި 337,600 ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކުރި: އޮޑިޓް

ރަކީދޫ ކައުންސިލްގެ މުވައްޒަފަކު މިސްކިތު ވޭޖްގެ ނަމުގައި 337,600 ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކުރި: އޮޑިޓް

ވ.ރަކީދޫ --- ފޮޓޯ: އެމްޓީސީސީ

ވ. ރަކީދޫ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަކު ދައުލަތުގެ މާލީ ގަވާއިދުތަކާ ހިލާފަށް ”މިސްކިތު ވޭޖް“ ގެ ނަމުގައި ތިން އަހަރު ދުވަސް ވަންދެން އިތުރު މުސާރަ ނަގާފައިވާ ކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

Ad Image
Ads by

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރަކީދޫ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެ މުވައްޒަފުގެ އެކައުންޓަށް މިސްކިތު ވޭޖުގެ ގޮތުގައި ޖުމްލަ 337,600 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

މި ފައިސާ ކޮންމެ މަހަކުވެސް އެކައުންޓަށް ޖަމާކޮށްފައިވަނީ ކައުންސިލް އިދާރާއިން ބޭންކަށް ފޮނުވި ސިޓީއާއެކު ހިމަނާފައިވާ ޝީޓުގައި ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކައުންސިލްގެ ރައީސާއި، ނައިބު ރައީސް އަދި އެހެން މުވައްޒަފަކު ސޮއިކޮށް ހުއްދަ ދީގެން ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ސިވިލް ސަރވިސްގެ ގަވާއިދުތަކާ ހިލާފަށް މި ފައިސާ ދޫކޮށްފައިވާއިރު، މުސާރަ ދިނުމުގައި މަސައްކަތް ކުރި ދުވަސްތަކާއި، މުސާރަ ހިސާބުކުރި ގޮތް ނުވަތަ ކުރި މަސައްކަތް އެނގޭނެ އެއްވެސް ލޮގެއް ނެތް ކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެ އިދާރާގައި މިސްކިތުގެ މަސައްކަތް ކުރުމަށް ”ކައުންސިލް އެސިސްޓެންޓް“ ގެ މަގާމުގައި މީހަކު ހަމަޖައްސާފައި ހުރިކަންވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިގެން ތަހުގީގު ކުރުމަށާއި، ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި