Saturday, 17 October 2026
Ads by

ރައީސްގެ މާލީ ބަޔާން ހާމަކުރަން ދެކޮޅު ހެދި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރީ ދޮގެއް: މުންދު

ރައީސްގެ މާލީ ބަޔާން ހާމަކުރަން ދެކޮޅު ހެދި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރީ ދޮގެއް: މުންދު

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހާމަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ  ”އަދަދު“ ނޫހުގައި ޝާއިއުކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އަދަދު“ ނޫހުން ޝާއިއުކުރި ހަބަރާ ގުޅިގެން ރޭ ނެރުއްވި ނޫސްބަޔާނެއްގައި މުންދު ވިދާޅުވީ، ރައީސް މުޢިއްޒުގެ މާލީ ބަޔާނަކީ ފޮރުވިފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ބަލަން ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ފަސޭހަކަމާއެކު ޕީޑީއެފް ފޯމެޓުގައި މިހާރުވެސް ޑައުންލޯޑް ކުރެވެން ހުރި، އާންމުކޮށް ފެންނަން ހުރި މައުލޫމާތެއް ކަމަށެވެ.

މި މައުލޫމާތު ވެބްސައިޓުގައި ލިބެން ހުންނާނެކަން މީގެ ކުރިން މީޑިއާތައް މެދުވެރިކޮށް ރަސްމީކޮށް އިއުލާންކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

”ރައީސް މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ޕީޑީއެފްއެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރު ވެސް ހިމެނިފައިވާ މައުލޫމާތެއް. އަދި، މިފަދައިން މި މައުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަން ވެސް ވާނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާން ކުރެވިފައި.“ – މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަށާއި ސަރުކާރަށް އަމާޒުކޮށް ”އަދަދު“ ނޫހުން މެދުނުކެނޑި މިފަދަ ބޮޑެތި ދޮގުތައް ފަތުރަމުން ދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި ފަތުރާ މިފަދަ ދޮގު މައުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމުގައި ސަރުކާރުން އެއްވެސް ފަސްޖެހުމެއް ނެތި، ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް މުންދު ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި