Saturday, 17 October 2026
Ads by

ސްކޭމްތަކުގައި ގެއްލުނު 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމްތަކުގައި ގެއްލުނު 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމް--- ފޮޓޯ: ގޫގުލް

ހުސްވި ހަފުތާގައި ސްކޭމްގެ 41 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

Ad Image
Ads by

ފުލުހުން ވަނީ، ހުސްވި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ސްކޭމްގެ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 386،611.68 ރުފިޔާއަށް އަރައެވެ. އަދި މި މުއްދަތުގައި އަލުން އަނބުރާ ހޯދުނު ފައިސާގެ އަދަދު 381،503 ރުފިޔާއަށް އަރައެވެ.

ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، އޮންލައިން މެސެޖިންގ އެޕްތައް، އައިބޭ، ޓިކްޓޮކް، ފޯނުކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ސްކޭމްގެ ބާވަތްތަކަށް ބަލާއިރު ފައިސާ މާރުކުރުމުގެ 16 މައްސަލަ، އީކޮމާސްގެ 14 މައްސަލަ، އިންވެސްޓްމެންތްގެ 5 މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ 1 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ މެސެޖާއި ކޯލަކީ ތެދު މައުލޫމާތުތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކުގައި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ޝައްކު އުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމްކޮށްގެން ގެއްލޭ ފައިސާ އަލުން އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި