Saturday, 17 October 2026
Ads by

ޔޫއޭއީ އިން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކޯ-ޕައިލެޓް ހަމާމް ބޯޓު ވައްޓާލަން އުޅުނުކަމަށް އެއްބަސްވެއްޖެ

ޔޫއޭއީ އިން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކޯ-ޕައިލެޓް ހަމާމް ބޯޓު ވައްޓާލަން އުޅުނުކަމަށް އެއްބަސްވެއްޖެ

އުމުރުން 29 އަހަރުގެ އޮމާންގެ ރައްޔިތެއްކަމަށްވާ ހަމާމް އަލް-ހައްމާމީ، ފްލައިދުބާއީ ފްލައިޓުގެ ޕައިލެޓެއް (ފޮޓޯ ކޮލާޖު)

ފްލައިދުބާއީގެ ބޯޓު (FZ1073) ވައްޓާލަން އުޅުނު ޙާދިސާއަކީ ގަސްދުގައި ކުރި ޢަމަލެއްކަން ކަށަވަރުވެއްޖެއެވެ. ވޯލް ސްޓްރީޓް ޖަރނަލް އަދި ފަސްޓްޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި، މި ބޯޓުގެ ކޯ-ޕައިލެޓް ކަމަށްވާ އުމުރުން 29 އަހަރުގެ އޮމާންގެ ރައްޔިތެއްކަމަށްވާ ހަމާމް އަލް-ހައްމާމީ ވަނީ، އޭނާ ގަސްތުގައި ބޯޓު ވައްޓާލަން އުޅުނުކަމަށާއި މަރުވާން ބިރުނުގަންނަކަމަށް ސަޢޫދީގެ ތަޙުޤީޤީ އިދާރާތަކަށް އެއްބަސްވެފައެވެ.

Ad Image
Ads by

މީގެ ކުރިން އޮމާން އެއަރގައި މަސައްކަތްކުރިއިރު، ހަރުކަށި ފިކުރު ކަމަށް މާނަކުރާ ވެބްސައިޓްތަކަށް އޭނާ ވަންނަކަމުގެ ތުހުމަތާ ގުޅިގެން، ބޯޓު ދުއްވުމުން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އޭނާ ރަނގަޅުކުރުމަށް ޚާއްޞަ ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ. މިފަދަ ރެކޯޑެއް އޮތް މީހަކަށް 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފްލައިދުބާއީން ވަޒީފާ ދީފައިވުމަކީ، އެވިއޭޝަން ސެކިއުރިޓީގެ ވަރަށް ބޮޑު ފެއިލްވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ބޯޓު 15،000 ފޫޓު ތިރިއަށް ދިޔައީ ގާތްގަނޑަކަށް 30 ސިކުންތުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުގައި ހައްމާމީ ވަނީ ކޮކްޕިޓްގައި އޮންނަ ކޯރާޑީއަކުން ކެޕްޓަން ސްމިތު މައްޗަރަށް ޙަމަލާދީފައެވެ. ނަމަވެސް ކެޕްޓަން ވަނީ ކޮކްޕިޓްގެ ދޮރު ހުޅުވާލާފައެވެ. އެއާއެކު ފަސިންޖަރުންނާއި އޮފް-ޑިއުޓީގައި ތިބި އެހެން ޕައިލެޓުން ވަދެ އޭނާ ވަނީ ހުއްޓުވާފައެވެ.

މި ޙާދިސާއަކީ ”9/11 ފަދަ ކާރިސާއެއް“ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ސިފަކޮށްފައެވެ. އަދި މިކަމުގެ ފަހަތުގައި އެހެން ބަޔަކު ވާނަމަ، އެބަޔަކަށް ހަރުކަށި އަދަބު ދޭނެކަމަށް އޭނާ ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި