Monday, 9 November 2026
Ads by

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުށުގެ ޝިކާރައަކަށްވި ފަރާތްތަކަށް ބަދަލު ނަގައިދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

Ad Image
Ads by

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށް ސާބިތުވުމުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ. އަދި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކޮށްފައިވާ ކުށްތަކުން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި މުދާ ނެގޭނެ ކަމަށް ކަނޑައަޅާފައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެނީ:

  • ނިރުބަވެރިކަމުގެ ކުށް
  • ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށް
  • މީހަކު މެރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • މީހުން ޓްރެފިކް ކުރުމުގެ ކުށް
  • އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
  • ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
  • ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
  • އިންސައިޑަރ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
  • ކޮރަޕްޝަންގެ ކުށް
  • އިންތިޒާމުވެގެން ކުށް ބޮޑެތި ކުށް
  • 500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
  • 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި ވައްކަމާއި ހިޔާނާތުގެ ކުށް
  • 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ މުދާ ސްމަގަލް ކުރުމުގެ ކުށް

މީގެ އިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކުގެ އިތުރުން، ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުރާ ކުށްތަކާ ގުޅިގެން އެ މީހުންގެ ގައުމުތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ އަމަލުތަކުން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވައި، ކުށުގެ ނަފާ ނުލިބޭނެ މަގު ބަންދުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1794203558243
މަރުގެ ހުކުމްގެ ބިލު ފަރުމާކޮށްފައިވަނީ އަނިޔާލިބޭ ފަރާތުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް: ރައީސް
Chagos
އިޓްލޮސް ކޮމިޝަނަށް މެންބަރަކު އިތުރުކުރައްވައި، ރައީސަކަށް ޑރ. މުހުސިން ހަމަޖައްސަވައިފި
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި