Saturday, 24 October 2026
Ads by

ޔޫކްރެއިންގެ ދިފާޢީ ނިޒާމުތަކަށް އޮޅުވާލުމަށް ރަޝިޔާއިން ސިއްރު ”ލަންޗްބޮކްސް“ ސައިޒުގެ އާލާތްތަކެއް ބޭނުންކުރަނީ

ޔޫކްރެއިންގެ ދިފާޢީ ނިޒާމުތަކަށް އޮޅުވާލުމަށް ރަޝިޔާއިން ސިއްރު ”ލަންޗްބޮކްސް“ ސައިޒުގެ އާލާތްތަކެއް ބޭނުންކުރަނީ

ރަޝިއާއިން ޔުކްރެއިނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން ކީވްގައި އަލިފާން ރޯވެ އަނދަމުންދަނީ، 2025 މެއި 25. (ގްލެބް ގަރަނިޗް/ރޮއިޓާސް)

ޔޫކްރެއިންގެ އިލެކްޓްރޯނިކް ވޯފެއަރ (އީޑަބްލިއު) ނިޒާމުތައް ފޫއަޅުވާލުމަށްޓަކައި، ރަޝިޔާ ސިފައިން ޔޫކްރެއިންގެ ސިޓީތަކުގެ ތެރޭގައި ކުދި ސިގްނަލް ރިޕީޓަރތަކެއް ސިއްރުން ބަހައްޓަމުންދާކަމަށް ހަތިޔާރުގެ ތަޖުރިބާކާރުން ބުނެފިއެވެ.

Ad Image
Ads by

މި ސިގްނަލް ރިޕީޓަރތަކަކީ އާންމުކޮށް ބޭނުންކުރާ ބޮޑު ”ލަންޗްބޮކްސް“ އެއްގެ ސައިޒުގެ އެއްޗެއް ކަމަށްވުމުން، ސިޓީތަކުގެ ތެރޭގައި މިއީ ފޮރުވަން ވަރަށް ފަސޭހަ އާލާތްތަކެކެވެ. މިއީ އަބަދު ސިގްނަލް ފޮނުވާ އެއްޗަކަށް ނުވުމުން، ޔޫކްރެއިންގެ ސިފައިންނަށް މިއީ ކޮންތާކު ހުރި އެއްޗެއްކަން ހޯދަން ވަރަށް އުނދަގޫވާނެއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު ކިޔޭވްގައި ހުންނަ ޔޫކްރެއިންގެ ސެކިއުރިޓީ ސަރވިސް (އެސްބީޔޫ) ގެ މައި އިމާރާތަށް ދިން ޑްރޯން ޙަމަލާއަކީ މި އާލާތްތައް ބޭނުންކޮށްގެން ދީފައިވާ ޙަމަލާއެއްކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ސަބަބަކީ އެ ޙަމަލާ ދިން ވަގުތު މަތިން އުދުހޭ އެއްވެސް ޑްރޯން ރިލޭއެއް ފެންނަން ނެތުމެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބުނެފައިވާ ގޮތުގައި، އާދައިގެ ޑްރޯންތަކުގެ 70 އިންސައްތަ ވައްޓާލެވުނު ނަމަވެސް، ރަޝިޔާއިން އަލަށް އުފައްދާ ޖެޓް-ޕަވަރޑް ޑްރޯންތައް ވައްޓާލެވެނީ ގާތްގަނޑަކަށް 57 އިންސައްތައެވެ. ރަޝިޔާއިން އަންނަ އަހަރު ޑްރޯން އުފެއްދުމަށް 12 ބިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ