Saturday, 17 October 2026
Ads by

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި ހާދިސާ: ޓެކްސީ ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައިކަން ހާމަވެއްޖެ

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި ހާދިސާ: ޓެކްސީ ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައިކަން ހާމަވެއްޖެ

މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ދިވެހި ދެ ދަރިވަރުން ތިބި ކާރު --

މެލޭޝިއާގައި ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު މަރުވި ހާދިސާގައި، އެ ދަރިވަރުން ދަތުރުކުރި ޓެކްސީ ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިވާކަން ފުލުހުންގެ ތަހުގީގުން ހާމަވެއްޖެއެވެ.

Ad Image
Ads by

މި ނުރައްކާތެރި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ދިރިއުޅޭ ތަނަށް ދިޔަ މަގުމަތީގައި، ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި އޭނާއާއެކު ކިޔަވަމުންދާ އެހެން ދިވެހި އަންހެން ދަރިވަރަކާއެކު ޓެކްސީއެއްގައި ދަތުރުކުރަނިކޮށެވެ.

ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރި ޕްރޮޓޯން މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހިގެންނެވެ.

ޖެހުނުލެއް ބާރުކަމުން ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނުއިރު، ކާރުގެ އެތެރޭގައި ތާށިވި އިމީލީ ވަނީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ތަނަށް މަރުވެފައެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައިވާއިރު، ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

މި ހާދިސާއާ ގުޅިގެން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން، މައްސަލައިގެ ތަހުގީގަށް އޭނާ ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންނަށް ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި