Saturday, 17 October 2026
Ads by

ރަސްމާލެ މަޝްރޫއަށް އެންމެ ބޮޑަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް ނަޝީދު: ފަލާހު

ރަސްމާލެ މަޝްރޫއަށް އެންމެ ބޮޑަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް ނަޝީދު: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މްނެބަރު އިބްރާހީމް ފަލާހު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއަށް އެންމެ ބޮޑަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ކަމަށާއި، ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހަށް އެމްޑީޕީން ހުށަހެޅީ ނަޝީދަށް އެއްޗެހި ކިޔުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަޞީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަށް މީގެކުރިން ރަސްމާލެ މަޝްރޫއު ފެނުނީ އެއްވެސް އިންވެސްޓަރަކު އިންވެސްޓު ވެސް ނުކުރާނެ ތާކުން ތާކުން ނުޖެހޭ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ މަޝްރޫއަކީ ރަންގަނޑެއްގެ ގޮތުގައި އެމްޑީޕީއަށް ސިފަވާން ފަށާފައިވާކަން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިން އެނގިގެންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.

އެކަން އެންމެ ބޮޑަށް އެނގިގެންދާ ސަބަބަކީ މިއަދު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމާއި، ބޭރުކުރުމުގެ ބާރު އޮތީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އަތުގައި ކަމަށްވާތީ ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ، ބަހުސް ކުރިއަށްދިޔަ ވަގުތު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީ އެބޭފުޅުން ރަސްމާލެ މަޝްރޫއާއި ގުޅިގެން އެއްވެސް ތައްޔާރީއެއްވެފައި ނެތުމުން ކަމަށެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީން ރަސްމާލެ މަޝްރޫއު ހުއްޓުވުމުގެ ބޭނުމުގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅީ ކޮންގްރެސްގައި އެ ބޭފުޅުންނާ މެދު ކަންތައްތައް ދިމާވި ގޮތުން ނަޝީދަށް އެއްޗެހި ކިޔުމުގެ ބޭނުމުގައި ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އެމްޑީޕީން އޭރު ދެއްކި ވާހަކައާއި ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އެމްޑީޕީން މިހާރު ދައްކާ ވާހަކަައިގައި އެއްވެސް ތަފާތެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.

”އެމްޑީޕީގެ ކޮންގްރެސް މީގެ ދެރޭ ކުރިން ނިމިގެން ހިނގައްޖެ. އެމްޑީޕީއަކު މިހާރަކު ރައީސެއް ނައިބު ރައީސެއް ނުހުންނާނެ. އެމްޑީޕީގެ އަސާސީ ގަވާއިދަށް އެ ގެނެވުނު އިސްލާހުގެ ސަބަބުން އެމްޑީޕީގެ ހުރިހާވެސް މީހަކީ ޗެއަރޕާސަން. އީގަލް ހިލްގެ މަޝްރޫއަށް ތާއިދުކުރާ، މީގެ ކުރިން ވެރިކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު،“- ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، އީގަލް ހިލްސްއާއެކު އަދި އޮތީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް ރަށްރަށާއި ފަޅުތައް ދޫކުރެވޭ އުސޫލު އެމްޑީޕީއަށް ރަނގަޅަށް އެނގޭއިރުވެސް، ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި