Saturday, 17 October 2026
Ads by

ފަލަމަސްގަނޑުގައި ތަތްކޮށްގެން ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ޒުވާނަކު 50 އަހަރަށް ޖަލަށް

ފަލަމަސްގަނޑުގައި ތަތްކޮށްގެން ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ޒުވާނަކު 50 އަހަރަށް ޖަލަށް

ހަށިގަނޑުގައި ޑަކްޓޭޕް އަޅައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ށ. ނޫމަރާ، ހަވީރީގެ، ޢަބްދުﷲ ފަޞީޙު 26އގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ، އޭނާ ޖުމްލަ 50 އަހަރަށް ޖަލަށް ލުމަށާއި 200،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގއ. ކޫއްޑޫއަށް ފުރަން ގޮސް އުޅެނިކޮށް، ފަޞީޙުގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ދެ ފައިގެ ފަލަމަސްގަނޑުގައި ޑަކްޓޭޕުން ތަތްކޮށްފައި ހުރި މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގައި ގާޟީ ޢަލީ ނަދީމް، ބުރާސްފަތި ދުވަހު ކުރެއްވި ހުކުމުގައިވާ ގޮތުން، ފަޞީޙުގެ މައްޗަށް ސާބިތުވެފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އުފުލި ދެ ދައުވާއެކެވެ. އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ.

ފަޞީޙުގެ ފަލަމަސްގަނޑުގައި ތަތްކޮށްފައިވާ ޓޭޕްގެ ދަށުން ފެނުނު ޑައިމޯފިންގެ މައްސަލައިގައި އޭނާ އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ24 އަހަރާއި ހަތަރު މަހާއި ތިން ދުވަހުގެ ޖަލު ބަންދެކެވެ.

ދެ ވަނަ ދައުވާއަކީ ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާއެވެ. ފަޞީޙުގެ ފަލަމަސްގަނޑުގައި އޮޅާފައިވާ ޓޭޕްގެ ތެރެއިން ފެނުނު ކެނެބިސްގެ މައްސަލައިގައިވެސް އޭނާ ވަނީ އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.

މި ދެ މައްސަލައިގެ ޖޫރިމަނާ ފައިސާ ކަމަށްވާ 200،000 ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ އަންގާފައެވެ.

ޝަރީއަތުގެ މަރުހަލާގައި ދިފާއުން ބުނެފައިވަނީ ފަޞީޙަކީ ހިއުމަން ޓްރެފިކިންގެ ވިކްޓިމެއް ކަމަށާއި އެހެން މީހަކު އޭނާގެ އިޚްތިޔާރުން ބޭރުން މަޖުބޫރުކުރުވައިގެން ކުރި ކަމެއް ކަމަށެވެ. ނަމަވެސް ޝަރީއަތުން ފާހަގަކުރެއްވީ، އެކަން ސާބިތުކޮށްދިނުމަށް ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި ތަހުގީގު މަރުހަލާގައިވެސް އޭނާ ހަނުހުރެފައިވާތީ އެ ދިފާއަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ. ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާތީ، ކްރިމިނަލް ކޯޓުން ވަނީ ދެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި