Saturday, 24 October 2026
Ads by

ވަކި ބަޔަކަށް އިސްކަންދޭ ކަމުގެ ތުހުމަތާއެކު އެމްޑީޕީ ކޮންގްރެސް ހޫނުވެއްޖެ

ވަކި ބަޔަކަށް އިސްކަންދޭ ކަމުގެ ތުހުމަތާއެކު އެމްޑީޕީ ކޮންގްރެސް ހޫނުވެއްޖެ

އެމްޑީޕީގެ ކޮންގްރެސްގެ ނިންމުންތަކަށް ވޯޓަށް އެހުމުގެ މުހިންމު މަރުޙަލާ ކުރިއަށްދިޔަ ވަގުތު، ވާހަކަދެއްކުމުގެ ފުރުސަތު ވަކި ބަޔަކަށް އެކަނި ދޭ ކަމަށް ބުނެ ބައިވެރިންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދި މާލަމުގެ މަސްރަޙު ހޫނުވެއްޖެއެވެ.

Ad Image
Ads by

ކޮންގްރެސްގެ ފަހު ދުވަހު ނަގަންޖެހޭ މުހިންމު ވޯޓުތަކާ ގުޅޭގޮތުން ޚިޔާލުފާޅުކުރުމަށް ހުރިހާ ބައިވެރިންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ ވަކި ބަޔަކަށް އެކަނި އިސްކަންދީގެން ކުރިއަށްދާނަމަ އެފަދަ ބައްދަލުވުމަކަށް ހާޒިރުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ރިޔާސަތުގައި އިންނެވި މުޙައްމަދު ނަޝީދު ވަކި ބަޔަކަށް ފުރުސަތު ދޭ ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރެއްވި ނަމަވެސް، އެކަމާ ދެކޮޅަށް މާލަމުގައި ތިބި ގިނަ ބައިވެރިން ވަނީ އަޑުއުފުލައި، ރިޔާސަތުން ހަދަނީ ދޮގު ކަމަށް ބުނެ ހަޅޭއްލަވައިފައެވެ.

މި ފަހަރުގެ ކޮންގްރެސްގެ މުޅި އިންތިޒާމުތަކާއި ހިންގުމުގެ ވައްޓަފާޅިއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިފްތިތާޙީ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކަކީވެސް ސިޔާސީ އިމުގެ ބޭރުން ހިނގި ހުތުރު ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ޚާއްޞަކޮށް، ބޭރު ގައުމުތަކުގެ ސަފީރުންނާއި ސިޔާސީ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ފެށުމުގެ ރަސްމިއްޔާތުގައި ރިޔާސަތުން ވާހަކަދައްކަވަމުން ދިޔައިރު މާލަމުތެރޭގައި އުފެދުނު އަޑުގަދަކުރުންތަކަށް ތަރުހީބުދެވުނު ގޮތުން، ވަޑައިގެން ތިއްބެވި މެހެމާނުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހުނެވެ.

މި ހަމަނުޖެހުންތަކާ ހުރެ ޖަލްސާއަށްފަހު އިންތިޒާމުކުރެވިފައި އޮތް ފަރިއްކޮޅަށްވެސް މަޑުނުކުރައްވައި ސަފީރުން ވަނީ އެވަގުތުން ވަގުތަށް މާލަން ދޫކުރައްވައި ވަޑައިގެންފައެވެ.

އާންމުންނާއި ސިޔާސީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކޮންގްރެސްއެއްފަދަ މަދަނީ އަދި ސިޔާސީ ސީރިއަސް ބައްދަލުވުމަކާއި އާންމު މުޒާހަރާއެއްގެ ތަފާތު ނޭނގި، އަޑުގަދަކުރުމާއި ހަޅޭއްލެވުން އިސްކުރުމަކީ ޕާޓީގެ އަބުރަށް ލިބުނު ބޮޑު ހުތުރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި