Saturday, 17 October 2026
Ads by

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު: ޝަހީމް

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު: ޝަހީމް

އިސްލާމިކް މިނިސްޓާރު ޑރ. ޝަހީމް---

މި އަހަރަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ޒަކާތް ދެއްކި އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ގާނޫނީ ރައްކާތެރިކަން ލިބިފައިވާ، ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް އެކުލެވިގެންވާ ނިޒާމެއް ކަމަށެވެ. އެގޮތުން، ޒަކާތުގެ ފައިސާ ބަލަހައްޓަމުން ގެންދަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ފައިސާ ހަރަދުކުރެވެނީ އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް، އާންމުކޮށްފައިވާ ޝަރީއާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި ޒަކާތުގެ ހަރަދުތަކުގެ ތަފުސީލު ކޮންމެ މަހަކު ވެސް ހާމަކުރަމުންދާ ކަމަށާއި، މި ކަންކަން ކުރިއަށް ގެންދަނީ ޒަކާތު ކައުންސިލާއި ޝަރީއާ ކޮމިޓީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ފާހަގަކޮށްލެވޭ ފަދަ ހެޔޮ ބަދަލުތަކެއް ގެނެވުނު ދެ އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބިފައިވަނީ ވެސް މި މުއްދަތުގެ ތެރޭގައި ކަމަށެވެ.

އަދި ހަމައެހެންމެ، މިއަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދަކަށް ޒަކާތް ދެއްކި އަހަރުކަން ފާހަގަކުރައްވައި މިިނިސްޓަރު ވިދާޅުވީ، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދެވިފައިވަނީ ވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކަމަށެވެ.

ފަގީރުންނަށް ސީދާ މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ ތައުލީމާއި ސިއްހީ ކަންކަމަށް ވެސް ފައިސާ ހޭދަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ޒަކާތު ފަންޑު އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފެށި، ޒަކާތުގެ ކަންކަމަށް ހާއްސަކޮށް ޒަކާތު ހައުސް ގާއިމުކުރެވިގެން ދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ރައްޔިތުން ކުރަމުން އަންނަ ފުރިހަމަ އިތުބާރަށްޓަކައި ވަޒީރު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ގަނޫނީ އޮނިގަނޑެއްގެ ތެރެއިން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްގީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް މިނިސްޓަރު ޝުކުރު ދަންނަވައިފައެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 109 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދާ އަޅާބަލާއިރު 2.64 އިންސައްތައިގެ ކުރިއެރުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މޫސ
މޫސ
12 ދުވަސް ކުރިން

ތަޅާ ބުރުވާލާ

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި