Saturday, 24 October 2026
Ads by

ފަތުރުވެރިކަމުގެ ސިނާއަތުން އެތައް ޖީލަކަށް ވަނީ ފުރުސަތުތައް ފަހިކޮށްދީފައި: ސަޢީދު

ފަތުރުވެރިކަމުގެ ސިނާއަތުން އެތައް ޖީލަކަށް ވަނީ ފުރުސަތުތައް ފަހިކޮށްދީފައި: ސަޢީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަތުރުވެރިކަމުގެ ސިނާއަތަކީ ގައުމުގެ އެންމެ ބޮޑު ކާމިޔާބީގެ ތެރޭގައި ހިމެނޭ އެއް ސިނާއަތް ކަމަށާއި، މި ސިނާއަތުން އެތައް ޖީލަކަށް ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސިނާއަތަކީ އެންމެ ކުޑަކޮށް ފެށިގެން ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހަދައިދީފައިވާ ސިނާއަތް ކަމަށެވެ. މިއަހަރު ފަތުރުވެރިކަމުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރެވޭއިރު، ރާއްޖެއަކީ ދުނިޔެ ގަބޫލުކުރާ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ބިންގާ އެޅުއްވި ދިވެހި ދަރިންނަށާއި، މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އިންވެސްޓަރުންނަށާއި، ރިސޯޓް އޮޕަރޭޓަރުންނަށާއި، ވިޔަފާރިވެރިންނަށާއި، އަދި މި ސިނާއަތުގެ ކާމިޔާބީއަށް މުހިއްމު އިހުލާސްތެރި ހިދުމަތްތަކެއް ކުރާ ހުރިހާ ފަރާތްތަކަށް ވެސް މިނިސްޓަރު ސަޢީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސިނާއަތުގެ ސަބަބުން އެތައް ޖީލަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކެއް ދުނިޔެއާ ގުޅުވައިލައި، ދުނިޔޭގެ ޗާޓުގައި ރާއްޖެއަށް ފަހުރުވެރި ޖާގައެއް ހޯދައިދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދު މި ފާހަގަކުރެވެނީ މި ތާރީހި ދަތުރުގެ ބައިވެރިއަކަށްވި ކޮންމެ ފަރުދެއްގެ ހިދުމަތް ކަމަށާއި، މި ސިނާއަތުގެ ކުރިމަގަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ކަމަށްވެސް މިނިސްޓަރު ސަޢީދު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ